ފަރެސްމާތޮޑާ ގެއަކުން ދެ ތާސް ވަގަށް ނަގައި ބޯޓަކަށް ވިއްކި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރަށް

ފަރެސްމާތޮޑާ ގެއަކުން ވަގަށް ނެގި ދެ ތާސް: ފުލުހުން މިހާރު ވަނީ އެ ތާސްތައް ހޯދާފައި === ފޮޓޯ/ ފުލުހުން

ގދ. ފަރެސްމާތޮޑާ ގެއަކުން ދެ ތާސް ވަގަށް ނަގައި، ވިއްކި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ގދ. އަތޮޅު ޕޮލިހުން ބުނީ، މިދިޔަ މަހު 30ވަނަ ދުވަހު 08:30ގައި ފަރެސްމާތޮޑާ ފަރެސްއަވަށު، ޗަނބޭލީގެއިން ދެ ތާސް ވަގަށް ނަގައި، "ރޯޝަނީ" ބޯޓަށް ވިއްކާލާފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަަމަށެވެ.

މި މައްސަލަ ހުށަހެޅުމާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި، ވަގަށް ނަގާފައިވާ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި، އެ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ބުނި ނަމަވެސް ފުލުހުން އެ މީހާގެ އިތުރު ތަފުސީލެއް އާންމެއްނުކުރެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ވައްކަމުގެ މައްސަލަތައް ފެންމަތިވާ މިންވަރު މި ދުވަސްވަރު މި ވަނީ އިތުރުވެފައެވެ. އެގޮތުން، މި ފަހުން ސްޓެލްކޯ ފުރަގަހުގައި ހުންނަ ބަސް ސްޓޮޕްގައި އިތުރު މީހުން ވެސް ތިއްބައި، ބަސް ސްޓޮޕަށް ވަދެ އެ ތަނުގައި ބަހައްޓާފައި ހުރި ޓީވީއެއް ވަގަށް ނަގާފައިވާއިރު، ގއ. މާމެންދޫއިން 60،000 ރުފިޔާގެ ތަކެތި ވަގަށް ނެގި މައްސަލައެއް ވެސް ފެންމަތިވިއެވެ.

comment ކޮމެންޓް