މަޝްހޫރު ބޮލީވުޑް ބަތަލާ ކެޓްރީނާ ކައިފްގެ ކޮއްކޮ އިޒަބެލް ކައިފް އާއި ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތަކެއް ސޯޝަލް މީޑިއާގައި ގަދަވެއްޖެއެވެ. މި އަޑުތައް ފެތުރެން ފެށީ ދެމީހުންގެ އިންސްޓަގްރާމް އެކައުންޓްތަކުން ތުރުކީގައި ނަގާފައިވާ އެއްގޮތް ފޮޓޯތަކެއް ފެނުމާ ގުޅިގެންނެވެ.
ވިކީ އާއި ކެޓްރީނާ 2021 ވަނަ އަހަރު ކައިވެނިކުރި ފަހުން، އާއިލީ އެކި އެއްވުންތަކުންނާއި މުމްބާއީގައި ހުންނަ އެ ދެމަފިރިންގެ ގޭގައި ވެސް ސަނީ އާއި އިޒަބެލް ވަރަށް ގާތްކޮށް، އެކުގައި ގިނައިން ފެނިފައިވެއެވެ. ނަމަވެސް، ފޭނުން މިހާރު ޝައްކުކުރަނީ މި ދެމީހުންގެ މެދުގައި ވަނީ ހަމައެކަނި އެކުވެރިކަމުގެ ގުޅުމެއް ނޫން ކަމަށެވެ.
މި ޝައްކުތައް އިތުރަށް ވަރުގަދަވީ ސަނީ ކޯޝަލް ދާދިފަހުން އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯތަކެއްގެ ސަބަބުންނެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ފޮޓޯތަކާއި، މީގެ ކުރިން ޖުލައި މަހު ތުރުކީއަށް ކުރި ދަތުރެއްގައި އިޒަބެލް އާންމުކުރި ފޮޓޯތަކާ ވަރަށް ބޮޑަށް އެއްގޮތްކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ސަނީ ކިޔަމުންދާ ފޮތެއްގެ ފޮޓޯއަކަށް އިޒަބެލް ކުރި ކޮމެންޓެއްގައި "އެންމެ މޮޅު ފޮތް ކިޔަން ބުނެދިނީތީ ޝުކުރު އަދާކުރަން ނުޖެހޭނެ" ކަމަށް ބުނެފައިވުމުން ވެސް މި ވާހަކަތަކަށް ބާރު ލިބެއެވެ.
ސަނީ ކޯޝަލް ބަތަލާ ޝަރުވަރީ އަދި އިޒަބެލްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާރެޑިޓް ފަދަ ޕްލެޓްފޯމްތަކުގައި މިކަމާ ގުޅޭގޮތުން ތަފާތު ޚިޔާލުތައް ފާޅުކުރަމުންދާއިރު، ބައެއް މީހުން ދެކޭގޮތުގައި މިއީ ކުރިއަށް އޮތް ފިލްމެއްގެ އިޝްތިހާރެކެވެ. ނަމަވެސް އަނެއް ބަޔަކު ގަބޫލުކުރަނީ މިއީ ހަގީގީ ލޯބީގެ ގުޅުމެއް ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން ސަނީ ނުވަތަ އިޒަބެލް ވެސް ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މީގެކުރިން ސަނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް މީޑިއާތަކުން ބުނަމުން އައީ ބަތަލާ ޝަރުވަރީ ވާގްއާއެވެ. ދެ ތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަ ފެތުރެންފެށީ 2020 ވަނަ އަހަރު ނުކުތް "ދަ ފޮގޮޓަން އާމީ"ގެ ދުވަސްވަރުއެވެ. އެ ފިލްމު ސެޓުން ބައްދަލުވެ ދެ ތަރިންގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމުގެ ވާހަކަ ރަސްމީކޮށް ހާމަނުކުރި ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުމަށްފަހު މިދިޔަ އަހަރު އެ ގުޅުމަށް ނިމުން އައިސްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މަސްދަރުތަކުން ބުނާ ގޮތުގައި ދެމީހުން ވަކިވާން މެދުވެރިވި މައިގަނޑު ސަބަބަކީ ކެރިއަރުގެ ގޮތުން ސަނީއަށް ވުރެ ޝަރުވަރީ މިހާރު މާ ބޮޑަށް މަގުބޫލުވުމެވެ.
ސަނީ ކޯޝަލް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ "ފިރު އާއީ ހަސީން ދިލްރުބާ"އިންނެވެ.