އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް ފިރިހެން ޓީމް އިވެންޓުގެ ދެވަނަ މެޗުގައި ދިވެހިރާއްޖެ ބަލިކޮށް އުޒްބަކިސްތާނުން ގްރޫޕުގެ ދެވަނަ މަގާމު ހޯދައިފިއެވެ.
ޖަޕާނުގެ އައިޗީ-ނަގޯޔާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިހުގެ ފިރިހެން ޓީމު އިވެންޓުގައި އުޒްބަކިސްތާނު އަތުން ރާއްޖެ ބަލިވީ 3-0 ގޭމުންނެވެ.
މި މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ އަޚްޔާރް އަހްމަދު ޚާލިދު ނުކުތީ އުޒްބަކިސްތާނުގެ ޝޯކްރޫޚް އިސްކަންދަރޯވްއާ ދެކޮޅަށެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 07-11، 07-11، 03-11އިންނެވެ.
އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް ފިރިހެން ޓީމް އިވެންޓުގައި އުޒްބަކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އެމްއޯސީމެޗުގެ ދެވަނަ ގޭމުގައި ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއިލް ނުކުތީ އުޒްބަކިސްތާނުގެ ދިޔޯރުބެކް ދިލްޝޮދޯވްއާ ދެކޮޅަށެވެ. ދެވަނަގޭމުގެ ސެޓުތައް ދިޔައީ 09-11، 03-11، 07-11 އިންނެވެ.
ތިންވަނަ ގޭމުގައި ރާއްޖޭގެ މޫސާ މުންސިފް އަޙްމަދު، ނުކުތީ އުޒްބަކިސްތާނުގެ ޚޫރުޝިދުއަޙްމަދޯވްއާ ދެކޮޅަށެވެ. މިގޭމުގެ ސެޓުތައް ދިޔައީ 10-12، 06-11، 13-11، 06-11 އިންނެވެ.
މި ގްރޫޕުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވީ އޭޝިއާގެ ވަރުގަދަ ޖަޕާނު އަތުންނެވެ.
އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް ފިރިހެން ޓީމް އިވެންޓުގައި އުޒްބަކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އެމްއޯސީނަގޯޔާގެ ސްކައި ހޯލް ޓޮޔޯޓާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ޓީޓީ އިވެންޓް ތަކުގައި ދިވެހި ޓީމަށް ދެން ކުރިއަށް ހުރީ މިކްސްޑް ޑަބަލްސް، ޑަބަލްސް އަދި ސިންގަލްސް މެޗުތަކެވެ.