އަސާސީ ޕެންޝަނާ ގުޅޭ ކަންބޮޑުވުންތައް ބަލައިދޭނަން: ރައީސް

ރައީސް މުއިއްޒު ރައްޔިތަކާ ބައްދަލުކުރައްވަނީ ---ފޮޓޯ/ ރައީސް އޮފީސް

އަސާސީ ޕެންޝަނާ ގުޅޭ ކަންބޮޑުވުންތައް ބަލައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ އަޑު ޕްރޮގްރާމުގައި 46 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރި މީހަކު ވަނީ، ޕެންޝަނާ ބެހޭ ކަންބޮޑުވުންތަކެއް ރައީސާ ހިއްސާކޮށްފައެވެ.

އޮޑިޓު އޮފީހުގައި އުޅުމަށްފަހު ރިޓަޔާކުރި އެ މީހާ ބުނީ، އެ އޮފީހަކީ، އަސާސީ ޕެންޝަނުގެ ފައިސާ މަހުން މަހަށް ލިބޭ ތަނެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް، އެ ފައިސާއެއް އޭނާއަށް ނުލިބޭ ކަމަށާއި ގަނޑުކޮށް ދެ ފަހަރެއްގެ މަތިން ފައިސާ ދިން ކަމަށް އެ މީހާ ބުންޏެވެ. އަދި، އަސާސީ ޕެންޝަނުގެ ފައިސާ ކަނޑާލަން ދައުލަތުން ނިންމާފައިވާކަން އެނގިފައިވާ ކަން އެމީހާ ފާހަގަކުރިއެވެ.

މި ކަމާ ގުޅިގެން ރައީސް ވިދާޅުވެފައި ވަނީ، އެ މައްސަލަ ދިމާވެފައިވާކަން އެއްގޮތަކަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ ތި ކަންތައް އަޅުގަނޑާ ހަމައަށް ގެނެސްދިނީތީ. އަޅުގަނޑުމެން ބަލާނަން ތި ކަންތައް ކިހިނެތްތޯވެފައި އޮތީ. އަދި ކިހިނެތްތޯ ހެދޭނީ" ރައީސް ވިދާޅުވިއެވެ.

https://sun.mv/222342

ޕެންޝަން ފަންޑާ ގުޅިގެން އާއްމުން އެކިއެކި ކަންބޮޑުވުންތައް ޒަމާނުންސުރެ ފާހަގަ ކުރެއެވެ. އަދި ޑަބަލް ޕެންޝަން ލިބޭ ގޮތަށް އޮންނަ އުސޫލަކީ ވެސް ގިނަ ބަޔަކު ފާޑުކިޔާ ކަމެކެވެ. ޕެންޝަން އުސޫލު އިސްލާހު ކުރުމަށް ދޭތެރެދޭތެރެއިން ބައެއް ބަދަލުތައް ވެސް ގެނެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ބަލީގެ ހާލަތު ހުރި ގޮތުން އަހަރަކަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެކަމުގެ އުއްމީދެއް ނެތް މީހުންނަށް، އެ މީހުންގެ ޕެންޝަން އެކައުންޓުގައި ހުރި ފައިސާ އެއް ފަހަރާ ނެގޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ވަނީ މި ފަހުން އިސްލާހު ގެނެސްފައެވެ.

އެ އިސްލާހުގެ ދަށުން، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނުގެ ގޮތުގައި ލިބިދެވޭ ފައިސާއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ، އާމްދަނީގެ ގޮތުގައި އެ މީހަކަށް ލިބޭ ނަމަ، އެ މީހެއްގެ އަސާސީ ޕެންޝަން ނުލިބޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް