އެޕަލްއާއި އެލްޖީ ގުޅިގެން ސްމާޓް ހޯމް ވަސީލަތްތަކެއް ނެރެނީ

މި އުފެއްދުންތައް ބާޒާރަށް ނެރެނީ އެލްޖީގެ ބްރޭންޑް ނަމުގައި ---

އެޕަލް ކުންފުނިން އެލްޖީ އިލެކްޓްރޯނިކްސްއާ ގުޅިގެން ސްމާޓް ހޯމް ވަސީލަތްތަކުގެ އާ ސީރީޒެއް ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން ސްމާޓް ތަޅާއި، ވީޑިއޯ ޑޯ ބެލްއާއި، ސްމާޓް ޑެޑްބޯލްޓް ލޮކްއާއި، ތާމޯސްޓެޓްގެ އިތުރުން ސެކިއުރިޓީ ކެމެރާތައް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ.

މި އުފެއްދުންތައް ބާޒާރަށް ނެރެނީ އެލްޖީގެ ބްރޭންޑް ނަމުގައި ކަމަށްވީ ނަމަވެސް، މި ތަކެތީގެ ޑިޒައިނާއި ފީޗާތައް ކަނޑައެޅުމުގެ އިތުރުން އިންޖިނިއަރިންގ މަސައްކަތްތައް ބަލަހައްޓާނީ އެޕަލް ކުންފުނިންނެވެ. އަދި އުފެއްދުންތައް ތައްޔާރުކުރުމާއި ކަސްޓަމާ ސަޕޯޓް ދިނުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެލްޖީންނެވެ.

އެލްޖީން ރެގިއުލޭޓަރީ ހުއްދަތަކަށް އެދި ހުށަހަޅާފައިވާ ލިޔެކިއުންތަކުން އެނގޭގޮތުގައި، މި ސީރީޒްގައި ހިމެނޭނީ 'އެލްޖީ ވީޑިއޯ ޑޯބެލް ވަޔާޑް'، ފްލަޑްލައިޓް ކެމެރާ، ގޭތެރެއާއި ބޭރުގައި ބޭނުންކުރާ ސެކިއުރިޓީ ކެމެރާ، ސްމާޓް ތަޅު އަދި ތާމޯސްޓެޓްގެ އިތުރުން ޓެމްޕަރޭޗާ ސެންސަރެވެ. މި ވަސީލަތްތަކުގައި ވައިފައި، ބްލޫޓޫތު، ތްރެޑް އަދި މެޓާ ޓެކްނޮލޮޖީ ސަޕޯޓްކުރާނެއެވެ. މީގެ އިތުރުން ސްމާޓް ތަޅުގައި އަލްޓްރާ-ވައިޑްބޭންޑް (ޔޫޑަބްލިއުބީ) ހިމެނޭނެތީ، ގޭގެ ވެރިފަރާތް ކައިރިވުމުން އަމިއްލައަށް ދޮރު ހުޅުވޭގޮތް ހެދޭނެއެވެ.

https://sun.mv/228361

މި ވަސީލަތްތައް ފަރުމާކުރެވެނީ އެޕަލްގެ ސްމާޓް ހޯމް އިކޯސިސްޓަމްގެ ތެރެއިން، އެޕަލްގެ އާ ސްމާޓް ހޯމް ހަބާއި، ދެވަނަ ޖެނެރޭޝަންގެ ހޯމްޕޮޑް މިނީ އަދި އާ އެޕަލް ޓީވީ 4ކޭ އާއެކު އޮމާންކޮށް މަސައްކަތްކުރާ ގޮތަށެވެ. މީގެ އިތުރުން ސިރީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗަރުތައް ބޭނުންކޮށްގެން ގޭތެރޭގެ ކަންކަން ކޮންޓްރޯލްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ވަސީލަތްތަކުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، އެޕަލްގެ އަމިއްލަ އުފެއްދުންތަކަށްވުރެ އެލްޖީގެ މި ވަސީލަތްތައް ނެރުން ކުޑަކޮށް ލަސްވެފައިވާތީ، ބާޒާރަށް ނުކުންނާނީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައެވެ. މި އުފެއްދުންތަކާއެކު އެޕަލްއިން ބޮޑު ވާދަވެރިކަމެއް އުފައްދާނީ އެމެޒޯންގެ 'ރިންގް' އަދި ގޫގުލްގެ 'ނެސްޓް' ސްމާޓް ހޯމް ވަސީލަތްތަކާއެކުގައެވެ.

އެޕަލްއިން އޮކްޓޯބަރު 13 ގައި ބާއްވާ ހަރަކާތެއްގައި 6 އިންޗީގެ ހަތަރެސްކަން ސްކްރީނެއް ހިމެނޭ އާ ސްމާޓް ހޯމް ހަބާއި އިތުރު ވަސީލަތްތައް ދައްކާލާނެ ކަމަށް ބެލެވެއެވެ. އެޕަލްއިން ދާދިފަހުން ބޭއްވި 'ސަޕްރައިޒް އެންޑް ޝައިން' ހަރަކާތުގައި ވަނީ އެކުންފުނީގެ ފުރަތަމަ ފޯލްޑަބަލް ފޯނު 'އައިފޯން ޑުއޯ' އާއި 'އައިފޯން 18 ޕްރޯ' ސީރީޒް ނެރެފައެވެ.

comment ކޮމެންޓް