މެލޭޝިޔާގައި ކުރިއަށްދާ އައިސީސީ މެންސް ޓީ20 ވޯލްޑް ކަޕް އޭޝިއާ ސަބް ރީޖަނަލް ކޮލިފަޔަރ ބީ ގެ ފުރަތަމަ މެޗުގައި، ދިވެހިރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމުން ޗައިނާގެ މައްޗަށް 10 ވިކެޓުގެ ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
ކުއާލަލަމްޕޫރުގެ ބަޔުއެމަސް އޯވަލްގައި ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ޗައިނާގެ ގަސްދުކުރީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. ނަމަވެސް، ރާއްޖޭގެ އުކުންތެރިންގެ ކުރިމަތީގައި ޗައިނާގެ ކުޅުންތެރިންނަށް މާ މޮޅު ކުޅުމެއް ނުދެއްކުނެވެ.
އައިސީސީ މެންސް ޓީ20 ވޯލްޑް ކަޕް އޭޝިއާ ސަބް ރީޖަނަލް ކޮލިފަޔަރ ބީގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރި މެޗުގެ ތެރެއިން ރާއްޖޭގެ ރިޝްވާން-- ފޮޓޯ: އައިސީސީއެއާއެކު 16.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ޗައިނާ ޓީމަށް ހެދިފައިވަނީ އެންމެ 96 ލަނޑެވެ. ރާއްޖޭގެ ބޯލިންގް އެޓޭކް ކުރިއަށް ހުރެ ލީޑުކުރީ 4 އޯވަރުގެ ތެރޭގައި 33 ރަނަށް 3 ވިކެޓް ނެގި ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަތެވެ. ޗައިނާގެ ޓީމުން އެންމެ ގިނަ ރަން ހެދީ 15 ބޯޅައިން 15 ރަން ހޯދި ޒޮންގް ޔުއެޗާއޯ އެވެ.
އައިސީސީ މެންސް ޓީ20 ވޯލްޑް ކަޕް އޭޝިއާ ސަބް ރީޖަނަލް ކޮލިފަޔަރ ބީގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އައިސީސީޖަވާބުގައި 97 ރަން ހެދުމުގެ އަމާޒަކާއެކު ރާއްޖޭގެ ޓީމުން ކުޅެން އަރައި، އެއްވެސް ވިކެޓެއް ނުގެއްލި އެންމެ 10.1 އޯވަރުގެ ތެރޭގައި 100 ރަން ހަދައި މެޗު ނިންމާލިއެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ބެޓުކުރަން އެރި ދެ ކުޅުންތެރިންގެ ތެރެއިން ކެޕްޓަން އަޒްޔާން ފަރުހަތު ވަނީ 33 ބޯޅައިން 52 ރަން ހަދާފައެވެ އެއީ ފަސް ފަހަރު ހަތަރެއް އަދި ތިން ފަހަރު ހަޔަކަށް ޖަހައިގެންނެވެ.
އައިސީސީ މެންސް ޓީ20 ވޯލްޑް ކަޕް އޭޝިއާ ސަބް ރީޖަނަލް ކޮލިފަޔަރ ބީގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އައިސީސީއޭނާއާއެކު ދެން ކުޅެން އެރި މުޙައްމަދު ރިޝްވާން ވެސް ވަނީ މޮޅު ކުޅުމެއް ދައްކައި، 29 ބޯޅައިން 44 ރަން ނުބައިނުވެ ހަދައި ޗައިނާގެ އުކުންތެރިން މާޔޫސްކޮށްލާފައެވެ. މި ދެ ކުޅުންތެރިންގެ ޕާޓްނަޝިޕުން މުޅި މެޗު ރާއްޖެ ކޮޅަށް އެނބުރުނުއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކެޕްޓަން އަޒްޔާނެވެ.
އައިސީސީ މެންސް ޓީ20 ވޯލްޑް ކަޕް އޭޝިއާ ސަބް ރީޖަނަލް ކޮލިފަޔަރ ބީގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަޒްޔާން-- ފޮޓޯ: އައިސީސީމުބާރާތުގައި ރާއްޖޭގެ ދެވަނަ މެޗު އޮންނާނީ އޮކްޓޫބަރު 9 ވާ ހުކުރު ދުވަހުގެ މެންދުރުފަހު ރާއްޖެގަޑިން 11:00 ގައި ސިންގަޕޫރާ ދެކޮޅަށެވެ. އޭގެފަހުން ތިންވަނަ މެޗުގައި އޮކްޓޫބަރު 11 ވާ އާދީއްތަ ދުވަހުގެ ހެނދުނު ރާއްޖެގަޑިން 06:15 ގައި ރާއްޖެ ނުކުންނާނީ ހޮންކޮންގްއާ ދެކޮޅަށެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގައި، އޮކްޓޫބަރު 12 ވާ ހޯމަ ދުވަހުގެ ހެނދުނު 06:15 ގައި މެލޭޝިޔާއާ ދެކޮޅަށް ނުކުންނައިރު، ގްރޫޕްގެ އެންމެ ފަހު މެޗުގައި އޮކްޓޫބަރު 14 ވާ ބުދަ ދުވަހުގެ މެންދުރުފަހު 11:00 ގައި ރާއްޖެ ބައްދަލުކުރާނީ ސައުދީ އަރަބިއްޔާއާއެވެ.