ދިރާގުން ކުރިއަށްގެންދާ ފޯރިގަދަ ޓިކްޓޮކް ޗެލެންޖެއްގައި ބައިވެރިވެގެން، ވަރަށް ފަސޭހަކަމާއެކު އެންމެ ފަހުގެ "ބާގަންޑީ" ކުލައިގެ އައިފޯން 18 ޕްރޯ މެކްސްއެއް ކާމިޔާބު ކުރުމުގެ ފުރުސަތު ވަނީ އެންމެންނަށް ހުޅުވައިލައިފައެވެ.
މި ގިވްއަވޭގައި ބައިވެރިވާނެ ގޮތަކީ:
· ޓިކްޓޮކްގައި @dhiraagufans ފޮލޯކުރުން.
· ދިރާގުގެ ރަސްމީ ގިވްއަވޭ ޕޯސްޓަށް ކޮމެންޓްކޮށް، ދެ އެކުވެރިން ޓެގްކުރުން: https://vt.tiktok.com/ZSgSNSuEd/
· ޓެގްކުރާ ދެ އެކުވެރިންނަކީ ވެސް @dhiraagufans ފޮލޯކުރާ ދެމީހުންކަން ޔަގީންކުރުން.
މިހާ ފަސޭހައިން ބައިވެރިވެވޭ މި ގިވްއަވޭ މެދުވެރިކޮށް އެންމެ ފަހުގެ ޕްރީމިއަމް ސްމާޓްފޯނެއް ހޯދުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.
ދިރާގުން އަންނަނީ، މިފަދަ ތަފާތު ފޯރިގަދަ ހަރަކާތްތައް މެދުވެރިކޮށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދީ، ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.