މުދަލުގެ އަގު ސާފުކޮށް އެނގޭނެހެން ބަހައްޓާފައި ނެތް ކަމަށް ބުނެ މާލޭގެ 17 ފިހާރައަކަށް އިކޮނޮމިކް މިނިސްޓްރީން ނޯޓިސް ދީފިއެވެ.
އެ މިނިސްޓްރީން އާންމުކުރި ގޮތުގައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން މި ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް މާލޭގެ 34 ފިހާރައެއް އެ މިނިސްޓްރީން ވަނީ އިންސްޕެކްޓް ކޮށްފައެވެ. އަދި އެ އިންސްޕެކްޝަންގެ ތެރެއިން، ކާބޯތަކެއްޗާއި މުދަލުގެ އަގު އިސްތިހާރުކުރުމާއި ގުޅޭގޮތުން ކަނޑައެޅިފައިވާ ގަވާއިދުތަކާ ޚިލާފަށް މުދަލުގައި އަގު ނުޖަހައި ހުރި 17 ފިހާރައަކަށް އިސްލާހުކުރުމަށް އަންގައި ނޯޓިސް ދީފައިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
https://x.com/MoEDmv/status/2113205022234149375
އިކޮނޮމިން މިނިސްޓްރީން ބުނީ، ކަންޒިއުމާ ޕްރޮޓެކްޝަން ގާނޫނާ އެއްގޮތަށް މުދަލުގެ އަގު ސާފުކޮށް ފެންނާނެހެން ބެހެއްޓުމަކީ ވިޔަފާރިވެރިންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.
ހަމައެއާއެކު ކުރިއަށް އޮތް ތަނުގައި ވެސް ފިހާރަތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ސިލްސިލާކޮށް ކުރިއަށްގެންދާނެ ކަމަށާއި، ގަވާއިދާ ޚިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.