އިމާރާތްތަކުގައި ހުޅުޖަހައި ފިހާރައެއް ލޫޓުވަން ގޮވައިލި މީހާ ހައްޔަރުކޮށްފި

އިމާރާތްތަކުގައި ހުޅުޖަހައި ފިހާރައެއް ލޫޓުވަން ގޮވާލި މައްސަލައިގައި ހައްޔަރުކުރި މީހާ -- ފޮޓޯ: ފުލުހުން

ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި ރެޑްވޭވް ފިހާރަ ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ގޮވާލި މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު ޢަލީ ޖުމާން (ޑެތު) ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައެއްގެ ތުހުމަތުގައި، އުމުރުން 25 އަހަރުގެ ޖުމާން މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ދުވަސްކޮޅެއް ކުރިން 'އެކްސް'ގައި ޖުމާން ކުރި ޕޯސްޓު މިހާރު ވަނީ ޑިލީޓުކޮށްލައިފައެވެ.

މީގެ ކުރިން ފުލުހުން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްޑީޕީން "ލޫޓުވައިފި ލޫޓުވައިފި"ގެ ނަމުގައި ބޭއްވި ބޮޑު މުޒާހަރާއިން ވެސް ޖުމާން ހައްޔަރުކޮށްފައެވެ.

https://sun.mv/229436

ފާހަގަކުރެވޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވައިލި މައްސަލައިގައި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާން ހައްޔަރުކޮށް އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް