މާފަންނު ދަނޑުގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

މާފަންނު ޓާފް އެކެއްގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: ކުޅިވަރު ވުޒާރާ

މާލޭގައި ފުޓްބޯޅަ ކުޅުމަށާއި ތަމްރީނުތަކަށް އެންމެ ގިނައިން ބޭނުންކުރާ އެއް ދަނޑު ކަމަށްވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޓާފް ގްރައުންޑް 1 ގެ ޓާފް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ސަރުކާރުން ފަށައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ބޭނުންވާ މުޅި އައު ޓާފާއި އެހެނިހެން ތަކެތި ފޯރުކޮށްދީގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް، ފެށި ތާރީޚުން ފެށިގެން 20 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައި ދަނޑު އަލުން ބޭނުންކުރެވޭވަރު ކުރުމަށް ވަނީ އަމާޒުހިފާފައެވެ.

މާފަންނު ޓާފް އެކެއްގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: ކުޅިވަރު ވުޒާރާ

އެފްއޭއެމް ޓާފް ގްރައުންޑް 1 ގެ ޓާފް އެންމެ ފަހުން ބަދަލުކޮށްފައިވަނީ 2014 ވަނަ އަހަރު ކަމަށްވާއިރު، 10 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ބަދަލުނުކުރެވި އޮތުމުގެ ސަބަބުން ދަނޑުގެ ހާލަތު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

މިކަމުގެ ސަބަބުން އެ ދަނޑުގައި ތަމްރީނު ހަދާ ގައުމީ ޓީމުތަކަށާއި، ކްލަބްތަކުގެ އިތުރުން އާންމު ކުޅުންތެރިންނަށް އަނިޔާވުމުގެ ފުރުސަތު ބޮޑުވެ، ކުޅުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، މި ފެށުނު މަސައްކަތް ނިމުމުން މާލޭގެ ފުޓްބޯޅަ ކުޅުންތެރިންނަށާއި އެކި އެކެޑެމީތަކަށް އެކަށީގެންވާ ރަނގަޅު ފެންވަރެއްގެ ދަނޑެއް އަލުން ލިބި، އެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު