ޖީބުން މަސްތުވާތަކެތި ހުރި ބިޑިއެއް ފެނުމުން 43 އަހަރުގެ ދިވެއްސަކު ބަންދުކޮށްފި

މީހަކު މަގުމަތީގައި ސިނގިރޭޓު ބޮނީ: ޖީބުން މަސްތުވާތަކެތި ހުރި ބިޑިއެއް ފެނުމުން 43 އަހަރުގެ ދިވެއްސަކު ބަނދުކޮށްފި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖީބުން މަސްތުވާތަކެތި ހުރި ބިޑިއެއް ފެނުމުން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ސިމާނީ، އުމުރުން 43 އަހަރުގެ އަލީ މުޝްތާޒެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރުމުގެ ތުހުމަތުގައެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިނަވަރަކަށް ހެކި ހުށަހަޅާފައިވުމުންނެވެ. އެގޮތުން ސީންއަށް ދިޔަ ފުލުހެއްގެ ބަޔާނާއި އޭނާގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާ ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ކޯޓު އަމުރުގައި ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާއި އެއްގޮތަށް ކަމަށާއި އޭނާ ހުރި ދިމާލުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ޖީބުން މަސްތުވާތަކެތި ހުރި ބިޑިއެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާ ތަކެއްޗަށް ފައްސިވެފައިވާ ކަމަށާއި އެކަމާ ގުޅިގެން އޭނާ އެއްވެސް ކަމެއް ކޯޓުގައި ފާހަގަކޮށްފައި ނުވާކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި އޭނާ އަކީ ހައްޔަރާއި ބަންދުގެ ރިކޯޑު އޮތް މީހެއް ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އޭނާގެ ބަންދަށް މިއަދު ކޯޓުން 15 ދުވަސް ޖަހާފައިވާއިރު ބަންދުގެ މުއްދަތު ހަމަވާނީ މިމަގުގެ 20 ވަނަ ދުވަހަށެވެ.

މަސްތުވާތަކެތީގެ މިފަދަ މައްސަލަތަކަކީ މިހާރު ރާއްޖޭގައި ވަރަށް އާންމުވެފައިވާ މައްސަލައެކެވެ. އަދި ވަކިން ހާއްސަކޮށް ވެރިކަންކުރާ މާލެ ސަރަހައްދުން މިފަދަ މައްސަކަތައް ރިޕޮޓުކުރާ މިންވަރު އިތުރުވެފައިވާއިރު، މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ޒުވާނުންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް