ބީއެމްއެލްގެ ''ކާނިވާ 44''އާއެކު ސެންޓްރަލް ޕާކަށް އީދެއް: މިއަދަކީ ފަހު ދުވަސް!

ބީއެމްއެލް ކާނިވާގެ ތެރެއިން -- ސަން ފޮޓޯ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 44 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ 'ކާނިވާ 44'އަށް މިހާތަނަށް ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، މިއަދަކީ އެ ކާނިވަލުގެ އެންމެ ފަހު ދުވަހެވެ.

މީގެ ހަތަރު ދުވަަސް ކުރި ފެށި މި ކާނިވަލުގައި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ވިޔަފާރިކުރުމާއި އާއިލީ ގުޅުން ބަދަހިކުރެވޭނެ ތަފާތު ހަރަކާތްތައް ހިމެނެއެވެ.

މި އަހަރުގެ ކާނިވަލުގައި ސްވައިޕް ވޮލެޓް ބޭނުންކޮށްގެން ފައިސާ ދައްކާ ފަރާތްތަކަށް ހިންގާ ޕްރޮމޯޝަނެއް ކުރިއަށްދާއިރު، އެ ޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ބީއެމްއެލް ކާނިވާގެ ތެރެއިން -- ސަން ފޮޓޯ

އެ ޕްރޮމޯޝަނުން ލިބޭ އިނާމުތަކުގެ ތެރޭގައި ފަސް މެކްބުކް ނިއޯ އަދި ދެ ބެޓެރި ސައިކަލު ހިމެނެއެވެ. އަދި ކާނިވާގައި ބައިވެރިވާ ސްޓޯލްތަކުން ސްވައިޕް ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

ކާނިވާ ހަވީރާއި ރޭގަނޑު 8:00އިން 12:00އަށް ވެސް އޮންނައިރު، މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދު ހަވީރު 6:00 އާ ހަމައަށެވެ.

ބީއެމްއެލް ކާނިވާގެ ތެރެއިން -- ސަން ފޮޓޯ

އެ ކާނިވާގައި އެކި ބާވަތްތަކުގެ ތަކެއްޗާއި ކާބޯތަކެތި ވިއްކާ ގިނަ އަދަދެއްގެ ވިޔަފާރި ސްޓޯލްތައް ހިމެނޭއިރު، ހުރިހާ އުމުރުފުރައަކާ ގުޅޭ މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތައް ވެސް ބާއްވަމުންދެއެވެ.

ފާއިތުވި ދުވަސްތަކުގައި އެ ކާނިވަލަށް ގިނަ އަދަދެއްގެ މީހުން ޒިޔާރަތްކޮށް، ވިޔަފާރިކޮށް، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.

comment ކޮމެންޓް