ހައްސާސް މައްސަލައެއް އޮތް ކަމަށް ބުނެ، ސިއްހީ ގިނަ އިދާރާތަކެއް ބައިވެރިވި އިޖުތިމާއީ ކޮމިޓީ ސިއްރުކޮށްފި

މިއަދު ބޭއްވި އިޖްތިމާއީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ހައްސާސް މައްސަލައެއް އޮތުމުން ކަމަށް ބުނެ، ސިއްހީ ގިނަ އިދާރާތަކެއް ބައިވެރިވި އިޖުތިމާއީ ކޮމިޓީ މިއަދު ސިއްރުކޮށްފިއެވެ.

އެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް ސިއްހީ ކަންކަމާ ގުޅޭ ހަތަރު އިދާރާއެއްގެ އިސްވެރިން އިޖުތިމާއީ ކޮމިޓީއަށް މިއަދު ހާޒިރުކުރިއެވެ. އެއީ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އާއި މޯލްޑިވްސް ޓާޝިއަރީ ހޮސްޕިޓަލްސް ގުރޫޕާއި އާސަންދައާއި ހެލްތު މިނިސްޓްރީއެވެ.

ކޮމިޓީގެ މެދަކާ ހިސާބުން ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ހުށަހެޅުއްވީ، އެޖެންޑާގައި އިން ދެ ކަމަކަށް ދިގު މަޝްވަރާއެއް ކުރަން ޖެހޭނެތީ އިތުރު ދުވަހަކަށް އެޖެންޑާކޮށް، ކޮމިޓީ ސިއްރު ކުރުމަށެވެ. މިގޮތުން، ކޮމިޓީ ސިއްރު ކުރުމަށް ސައުދާ ހުށަހެޅުއްވީ، އެޖެންޑާގެ އެއް މައްސަލައަކީ ހައްސާސް މައްސަލައަކަށް ވެފައި، އެ ފަދަ އިތުރު މައްސަލައެއް ހިނގާފާނެ ކަމުގެ ބިރަށް ކަމަށް ވިދާޅުވެއެވެ.

މިހާތަނަށް ކޮމިޓީގެ އެޖެންޑާ ވެސް ހާމަކޮށްފައި ނުވާތީ، އެ މައްސަލައިގެ އިތުރު ތަފުސީލެއް އެނގިފައެއް ނުވެއެވެ.

އެ ހުށަހެޅުމަށް ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ތާއިދުކުރެއްވިއިރު، ކޮމިޓީ ސިއްރުކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

comment ކޮމެންޓް