އެމްއައިބީއާއި އެލިއާ ގުޅިގެން 18,000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭ "އުޖާލާ ޕްރޮމޯޝަން" ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އެލިއާ ގުޅިގެން، އައުޓްބޯޑް އިންޖީނާއި ވޭވްރަނާ ގަންނަ ފަރާތްތަކަށް 18,000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"އެމްއައިބީ x އެލިއާ – އުޖާލާ ޕްރޮމޯޝަން" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން ފަށާފައި ވަނީ މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނަކީ އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް ތަކެތި ގަންނަ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ހުޅުވާލާފައިވާ ފުރުސަތެކެވެ.

ޑިސްކައުންޓް ލިބޭނީ ކިހިނެއް؟

އެމްއައިބީން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން އައުޓްބޯޑް އިންޖީނު ގަންނަ ފަރާތްތަކަށް ޑިސްކައުންޓް ލިބޭނީ އިންޖީނުގެ ހޯސްޕަވަރާއި އިޚްތިޔާރުކުރާ ރިގިން އެކްސެސަރީޒްތަކަށް ބަލައިގެންނެވެ. އަދި ވޭވްރަނާ ގަންނަ ފަރާތްތަކަށް ޑިސްކައުންޓް ލިބޭނީ އިޚްތިޔާރުކުރާ މޮޑެލްއަކަށް ބަލައިގެން ކަމަށް އެމްއައިބީން ބުންޏެވެ.

ހަމައެއާއެކު މި ދެ ބާވަތުން ވެސް 18,000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ ކަމަށް އެމްއައިބީން ބުންޏެވެ.

ޚިދުމަތް ހޯދާނީ ކިހިނެއް؟

އެމްއައިބީން ބުނީ މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ ޑިސްކައުންޓްގެ އަދަދު، އެލިއާއިން ދޫކުރާ ފައިނަލް ކޯޓޭޝަން ނުވަތަ ޕްރޮފޯމާ އިންވޮއިސްގައި ހިމަނާފައި ވާނެ ކަމަށެވެ. އަދި ކޯޓޭޝަން ލިބުމާއެކު އެމްއައިބީގެ "އުޖާލާ ނައު" ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިނޭންސިންއަށް އެދި ހުށަހެޅޭނެ ކަމަށާއި މިގޮތުން ހުށަހަޅާ ހުރިހާ އެޕްލިކޭޝަންތަކެއް ވެސް އިވެލުއޭޓްކޮށް އެޕްރޫވް ކުރާނީ އެމްއައިބީގެ އާންމު އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެމްއައިބީން ބުންޏެވެ.

އެމްއައިބީން ބުނި ގޮތުގައި، އެލިއާއާ ގުޅިގެން މިފަދަ ޕްރޮމޯޝަނެއް ތައާރަފުކުރުމުގެ މަގުސަދަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ ލުއިފަސޭހަ ފައިނޭންސިން ހައްލުތަކަކާއެކު، ޚާއްސަ ޑިސްކައުންޓްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދީ، ކަސްޓަމަރުންނަށް ލިބޭ ފައިދާ އިތުރުކުރުމެވެ.

comment ކޮމެންޓް