ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.6 ކިލޯގެ ކެނެބިސް، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނިގޮތުގައި، މިތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 23 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
މިތަކެތި އަތުލައިގެންފައިވަނީ ކޫރިއާ މެދުވެރިކޮށް ގެނެސްފައިވާ ޕެކޭޖެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، ބަލައި ފާސްކުރުމުގެ ތެރޭގައިކަމަށް އެ އިދާރާއިން ބުނެއެވެ.
ކަސްޓަމްސުން ބުނީ އަތުލައިގަތް ޝިޕްމަންޓުން ފެނިފައިވަނީ 3600 ގްރާމްގެ ކެނަބިސް ކަމަށެވެ.
ދިވެހިރާއްޖެއަށް ވައިގެ މަގުން އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.