ބޮޑެތި މައްސަލަތަކާމެދު އާއްމުން ހޭލުންތެރިކުރުމަށް "ސަން ބަހުސް"ގެ ނަމުގައި ސަން ޓީވީން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.
އެ ޕްރޮގްރާމުގެ ފުރަތަމަ ބަހުސްގައި ބައިވެރިވެވަޑައިގަތީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު، އަބްދުލް ޣަފޫރު މޫސާ އާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.
ސަން ޓީވީން މިރޭ ފެށި "ސަން ބަހުސް" ޕްރޮގްރާމުގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްއާއި އިގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާ--- ސަން ފޮޓޯ/ ފަޔާޒު މޫސާ
ސަން މީޑިއާ ގްރޫޕުގެ ސީއީއޯ އަދި ސަން ބަހުސް ޕްރޮގްރާމްގެ ޕްރޮޑިއުސަރު ސިނާން އަލީ ވިދާޅުވީ، އެ ޕްރޮގްރާމް ކުރިއަށްދާނީ ކޮންމެ ބުދަ ދުވަހެއްގެ ރޭ 10:00 އިން 11:30 އަށް ކަމަށާއި ޕްރޮގްރާމްގެ ރިޕީޓް ބުރާސްފަތި ދުވަހުގެ ރޭ 10:00 އިން 11:30 އަށް ދައްކާނެ ކަމަށެވެ.
ސަން ޓީވީން މިރޭ ފެށި "ސަން ބަހުސް" ޕްރޮގްރާމުގެ ފުރަތަމަ ބަހުސްކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އެ ޕްރޮގްރާމުގެ މަގްސަދަކީ ގައުމީ ބޮޑެތި މައްސަލަ ތަކަށް ހިޔާލު ފާޅުކޮށް މަޝްވަރާކޮށް ބަހުސް ކުރުމާއެކު، ކަމުގެ ދެކޮޅު ރައްޔިތުންނަށް ގެނެސްދިނުން. އަދި ބޮޑެތި މައްސަލަތަކާ މެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުން،" ޕްރޮގްރާމްގެ ޕްރޮޑިއުސަރު ސިނާން ވިދާޅުވި އެވެ.

ސަން ޓީވީން މިރޭ ފެށި "ސަން ބަހުސް" ޕްރޮގްރާމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު، އަބްދުލް ޣަފޫރު މޫސާ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކޮންމެ ރެއަކުވެސް އެ ރެއެއްގެ މައުލޫއަކާމެދު އާއްމުން ދެކޭގޮތް ބެލުމަށް އެސްއެމްއެސް ސުވާލެއް ހުޅުވާލާއިރު، މިރޭގެ މައުލޫ އަކަށް އޮތީ، "ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ރައީސް ނަޝީދަށް ހައްގުތޯ؟" އެވެ.
ސަން ޓީވީން މިރޭ ފެށި "ސަން ބަހުސް" ޕްރޮގްރާމުގެ ފުރަތަމަ ބަހުސްކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިރޭގެ އެސްއެމްއެސް ޕޯލްގެ ނަތީޖާ ދައްކާގޮތުން، ކުރީގެ ރައީސް ނަޝީދަށް އިނާޔަތް ދޭން ފެންނަކަމަށް އެސްއެމްއެސް ވޯޓުގައި ބައިވެރިވި މީހުންގެ 73 ޕަސެންޓް ބުނިއިރު، ނުފެންނަ ކަމަށް ބުނެފައިވަނީ 27 ޕަސެންޓް މީހުންނެވެ.