11 ފަހަރު ވޯޓު ލައިގެން ދޮންފަނު ކައުންސިލްގެ ރައީސަކު ހޮވައިފި

ބ. ދޮންފަނު

އެގާރަ ފަހަރު ވޯޓު ލައިގެން ބ. ދޮންފަނު ކައުންސިލްގެ ރައީސަކު ހޮވައިފިއެވެ.

ދޮންފަނު ކައުންސިލްގެ މެމްބަރަކު "ސަން" އަށް ވިދާޅުވީ އެރަށު ކައުންސިލްގެ ރައީސަކު ހޮވުމަށް އެންމެ ފުރަތަމަ ވޯޓުލީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކައުންސިލަރުން ހުވާކުރެއްވުމަށްފަހު ބޭއްވި ޖަލްސާގައި ކަމަށެވެ.

ދިހަ ފަހަރު ވޯޓުލުމުން ވެސް ވޯޓު އެއްވަރުވާތީ ރައީސަކު ހޮވޭގޮތެއް ވަނީ ނުވެފައެވެ. ކައުންސިލް މެމްބަރު ވިދާޅުވީ އެއަށްފަހު ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު އެއްބަސްވުމަކަށް އައިސް އަލުން ވޯޓުލީ ކަމަށެވެ.

އެގޮތުން މިއަދު އެގާރަ ވަނަ ފަހަރަށް ވޯޓުލައިގެން ކައުންސިލްގެ ރައީސް ކަމަށް ހޮވިފައި ވަނީ އަލީ ރަޝީދެވެ. އަދި ނައިބު ރައީސް ކަމަށް ހޮވިފައި ވަނީ ހުސައިން ހަފީޒެވެ.

ދޮންފަނު ކައުންސިލްގެ ތިން މެމްބަރުންނަކީ ވެސް އަމިއްލަގޮތުން އިންތިޚާބުވި ކައުންސިލަރުންނެވެ.

comment ކޮމެންޓް