ބޭނުންވާ ތަކެތި:
- 5 ކުކުޅުބިހުގެ ގޮބޮޅި
- 1/3 ޖޯޑު ގްރެނިއުލޭޓެޑް ޝުގަރ
- 1/8 ސައިސަމުސާ ލޮނު
- 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
- 2 ޖޯޑު ވިޕިން ކްރީމް
- 1/2 1 ޖޯޑު ކޮށާފައި ހުރި ދޮން އަނބު
ތައްޔާރުކުރާނޭގޮތް:
ގްރެނިއުލޭޓެޑް ޝުގަރ، ކުކުޅުބިހުގެ ގޮބޮޅި، އަދި ލޮނުކޮޅު ބޯތައްޓަކަށް އަޅާފައި ވިސްކަކުން ހަކުރުކޮޅު ވިރެންދެން ރަނގަޅަށް ގިރާލާ. ދެން އޭގެ ތެރެއަށް ވެނީލާ އެސެންސްކޮޅު ވެސް އަޅާލާ.

މެންގޯ ކްރީމް ބްރުލީ ތައްޔާރުކުރުމަށް އެގްޔޯކް ވަކިކުރަނީ --
ބިހުގެ ގޮބޮޅި މިކްސްކުރުމުގެ ބައި ކުރިއަށް ދާއިރު، ވިޕް ކްރީމްކޮޅު، ތަވައަކަށް އަޅަފައި އާދައިގެ ވަރަކަށް (ނުކެކޭވަރަށް) ހޫނުކޮށްލާ.

މެންގޯ ކްރީމް ބްރުލީ ތައްޔާރުކުރުމަށް އެގްޔޯކް ތެރެއަށް ހަކުރު އެއްކުރަނީ--
ވިޕްކްރީމް ކޮޅު ހޫނުކޮށްލާފައި، ބިހުގެ ގޮބޮޅީގެ ބައި ތައްޔާރުވުމުން އޭގެ ތެރެއަށް ކްރީމްކޮޅު ވިސްކުކުރަމުން އެއްކޮށްލާ. އެއަށްފަހު އަނބުކޮޅުން އެއްބައިވެސް މިއަށް އެެއްކޮށްލާނީ.

މެންގޯ ކްރީމް ބްރުލީ ބޭކްކުރުމަށް ދެ ކަޕް ރެޑީކުރަނީ --
އަނބުކޮޅުގެ އަނެއްބައި، މެންގޯ ކްރީމް ބުރުލީ ބޭކްކުރުމަށް ބޭނުންކުރާ ދެ ކަޕަށް އަޅާނީ. ދެން އޭގެ މައްޗަށް ކްރީމް މިކްސްޗަރ އަޅާނީ.

މެންގޯ ކްރީމް ބްރުލީ ތައްޔާރުކުރުމަށް ކަޕްގެ ތެރެއަށް އެގްޔޯކް މިކްސްޗަރ ޅަނީ--
ދެން ޑަބަލް ބޮއިލަރއެއްގައި ޕުޑިން ތައްޔާރުކުރާ ގޮތަށް ބޭކްކޮށްލާނީ. (ތެއްޔަކަށް ފެންއަޅާފައި އޭގެ ތެރޭގައި ތަށި ބަހައްޓައިގެންވެސް ބޭކް ކުރެވިދާނެ). °325ފގައި 30 ވަރަކަށް މިނިޓް ބޭކްކޮށްލުމުން ރަނގަޅުވާނެ.
މިއީ ރެޓްރޯ ކެފޭ އެންޑް ބިސްޓްރޯގެ ހެޔޮ އެދުންތަކާއެކު ސަން ބަދިގޭގައި ތައްޔާރުކޮށްފައިވާ ބުއިމެކެވެ.