ބޮލީވުޑްގެ ކާމިޔާބު ތަރި ސޮނާކްޝީ ސިންހާ 32، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އޭނާ ރާއްޖެ އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖުމެއިރާހް ވިޓަވެލި ރިސޯޓުގެ ހިތްގައިމު މާހައުލުގަ އެވެ.
ރާއްޖޭގެ ހިތްގައިމު މާހައުލު ފެންނަ ގޮތަށް ފޮޓޯ ނަގައި އޭނާ އަންނަނީ އެ ފޮޓޯތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ފޭނުންނަށް ދައްކާލަމުންނެވެ.
ސޮނާކްޝީ އިންސްޓަގްރާމްގައި ފޮޓޯ ލުމަށްފަހު ބުނެފައި ވަނީ 'ދުނިޔެއިން އަހަރެންގެ އެންމެ ފޭވަރިޓް ތަނަށް އާދެވުމުން ވަރަށް އުފާވާ' ކަމަށެވެ.
އޭނާ ވަނީ އެތައް ފަހަރެއްގެ މަތިން ރާއްޖެއައިސް ޗުއްޓީ ހޭދަކޮށްފަ އެވެ. އެންމެ ފަހުން ސޮނާކްޝީ ކުޅުނު ފިލްމަކީ "މިޝަލް މަންގަލް"އެވެ.