ފުލުހުންގެ އިދާރީ ހިންގުމުގެ ތިން މަގާމަކަށް ބަދަލުތަކެއް

އިސްކަންދަރު ކޮށީގައި ފުލުހުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބައެއް މަގާމުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ. އާންމު އުސޫލުގެ ތެރެއިން އިދާރީ ހިންގުމަށް ގެނައި މި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ޓްރެއިނިންގްއާއި ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑްގެ އިތުރުން ސެންޓްރަލް ޕޮލިސިންގް ކޮމާންޑަށް ގެނައި ބަދަލުތަކެކެވެ.

އެގޮތުން ހެޑް އޮފް ސެންޓްރަލް ޕޮލިސިންގް ކޮމާންޑުގައި ހުންނެވި އެސިސްޓަން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވަނީ ހެޑް އޮފް ޓްރެއިނިންގް އެންޑް ޑިވެލޮޕްމަންޓުގެ މަގާމަށް ބަދަލުކޮށްފައެވެ.

ސެންޓްރަލް ޕޮލިސިންގް ކޮމާންޑުގެ ހެޑްގެ މަގާމަށް ބަދަލުކުރެއްވީ ކުރިން ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުގެ ހެޑުކަމުގައި ހުންނެވި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.

އަދި ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުގެ ހެޑުކަމަށް އައްޔަނުކުރެއްވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަބްދުއްރަހުމާނެވެ. އޭނާ ކުރިން ހުންނެވީ ހެޑް އޮފް ޓްރެއިނިންގް އެންޑް ޑިވެލޮޕްމަންޓުގެ މަގާމުގައެވެ.

comment ކޮމެންޓް