އުރީދޫ މޯލްޑިވްސްއަށް 20 އަހަރު ފުރޭތީ ކުރިއަށްގެންދާ ކެމްޕެއިންގައި އުމްރާ ދަތުރާއި ޙައްޖު ދަތުރު ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.
"ލިވް އަންލިމިޓެޑު"ގެ ނަމުގައި އެއް އަހަރަށް ކުރިއަށްގެންދާ މި ކެމްޕެއިން އެ ކުންފުނިން ލޯންޗްކޮށްފައި ވަނީ މިއަދު އެކަމަށް ޚާއްސަކޮށްގެން އުރީދޫގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އުރީދޫއަށް 20 އަހަރު ފުރޭ ކެމްޕެއިން ލޯންޗުކުރުމަށް އުރީދޫގެ މައި އޮފީހުގައި މިއަފު ބޭއްވި ޙާއްސަ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މާނިއު މުޙައްމަދު
ކެމްޕެއިނާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ "ލިވް އަންލިމިޓެޑް"ގެ ނަމުގައި މި ކެމްޕެއިން ކުރިއަށްގެންދަނީ ރާއްޖޭގައި މިހާރު ޓެކްނޮލޮޖީގެ އެއްވެސް ކަމަކާ ހާސްވާން ނުޖެހޭތީ ކަމަށެވެ.
ޓެކްނޮލޮޖީގެ ކޮންމެ ކަމެއް ކުރަން ޖެހުނަސް، ކޯލެއް ކުރަން ޖެހުނަސް ހަމަ އަންލިމިޓެޑްކޮށް މި ޕެކޭޖްތައް މި ހުންނަނީ. މިސާލަކަށް ސުޕަނެޓް ޕެކޭޖެއް ކަމުގައިވާނަމަ ޑޭޓާ ހަމަ އަންލިމިޓެޑް. ޕެކޭޖް ހުސްވިޔަސް ޑޭޓާ ލިބިގެންދާނެ.އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް
ނިޔާޒް ވިދާޅުވީ، އުރީދޫއަށް 20 އަހަރު ފުރުމުން 20 ދަތުރެއް މައްކާއަށް ދިނުމަށް ނިންމާފައި ވާކަމަށެވެ. އޭގެތެރެއިން 19 ދަތުރަކީ 19 އުމްރާ ދަތުރު ކަމަށާއި ގްރޭންޑް ދަތުރަކަށް ދެ މީހަކަށް ޙައްޖު ދަތުރު ދިނުމަށް ނިންމާފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.
އެ ދަތުރުތައް ދިނުމަށް ލަކީޑްރޯ ކޮންމެ 20 ދުވަހަކުން 20 ދުވަހަކުން ބޭއްވުމަށް ނިންމާފައި ވާކަމަށާއި މި ކެމްޕެއިންގައި ބައިވެރިވުމަށް 250 ރުފިޔާއިން މަތީގެ ޓްރާންސެކްޝަނެއް ހެދުމުން އޮޓޯއިން އެ ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް: އުރީދޫއަށް 20 އަހަރު ފުރޭ ކެމްޕެއިން ލޯންޗުކުރުމަށް އުރީދޫގެ މައި އޮފީހުގައި މިއަފު ބޭއްވި ޙާއްސަ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މާނިއު މުޙައްމަދު
އޭނާ ވިދާޅުވީ މި ކެމްޕެއިން ޕްލޭންކުރީ ނިމިދިޔަ އަހަރު އެ ކުންފުނިން ކުރިއަށްގެންދިޔަ ސައިކަލު ކެމްޕޭނަށް ލިބުނު ތަރުހީބަށް ބެލުމަށްފަހު ކަމަށެވެ. އެ ކެމްޕެއިނަކީ ކަސްޓަމަރުންނަށް ވަރަށް މަގުބޫލު ކެމްޕެއިނަކަށްވިކަން އޭނާ ފާހަގަކުރެއްވިއެވެ.
ނިޔާޒް ވަނީ މި އަހަރު ތެރޭގައި އެކި މަސްމަހު އެކި ކަންކަން ތައާރަފުކުރަމުންދާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އުރީދޫއިން ވަނީ އުރީދޫގެ ސުޕަނެޓާއެކު ސްމާޓާ ހޯމް ތައާރަފުކޮށްފައެވެ. އޭނާ ވިދާޅުވީ ސްމާޓާ ހޯމްގެ ފުރަތަމަ ފިޔަވަހީގައި އުރީދޫއިން ދޭނީ ކެމެރާތަކަކާއި ޑޯ ބެލްއެއް ކަމަށެވެ.
ގޭތެރޭގައި ދުވަސްވީ ބޭފުޅުން ބައިއްތިއްބާފައި އޮފީހަށް ދާން އެބަޖެހޭ ތުއްތު ބޭފުޅުން ގޭގައި ބައިއްތިއްބާފައި އެބަޖެހޭ ބޭރަށް ނުކުންނަން. ނުވަތަ ޗުއްޓީއަކަށް ދާއިރުވެސް އެބަޖެހޭ ގޭތެރޭގައި ގެންގުޅޭ ގުރާ ނުވަތަ ބުޅާ ބައިންދާފައި ދާން. އެހެންވީމަ މި މީހުން އުޅޭގޮތް ބަލާލަންއެބަޖެހޭ ފޯނުން. އަޅުގަނޑުމެންގެ މި ޕެކޭޖްގެ ތެރެއިން ފޯނުން ބަލާލެވޭނެ ގޭތެރޭގައިވާ ކަންކަން. އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް
ނިޔާޒް ވިދާޅުވީ މި ޕެކޭޖްގެ ދަށުން އުރީދޫއިން ދޭ ކެމެރާއަކީ ވަރަށް ފަސޭހައިން އިންސްޓޯލް ކުރެވޭނެ ކެމެރާއެއް ކަމަށެވެ. ކެމެރާ އިންސްޓޯލްކުރުމަށް ޓެކްނިކަލް ބަޔަކު ބޭނުން ނުވާނެ ކަމަށާއި އިންސްޓޯލް ކުރުމަށް ކިއުއާރު ކޯޑް ސްކޭން ކުރުމުން ފޯނުން ފެންނަން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސްމާޓް ހޯމްގެ ތެރެއިން އެއް އަހަރު ދުވަހުގެ ކްލައުޑް ސްޓޯރޭޖެއް ވެސް އުރީދޫއިން ދޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މަންޒަރު ރެކޯޑުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް އޮތްކަން އޭނާ ފާހަގަކުރިއެވެ.

އުރީދޫއަށް 20 އަހަރު ފުރޭ ކެމްޕެއިން ލޯންޗުކުރުމަށް އުރީދޫގެ މައި އޮފީހުގައި މިއަފު ބޭއްވި ޙާއްސަ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މާނިއު މުޙައްމަދު
މީގެ އިތުރުން އުރީދޫއިން ވަނީ ރާއްޖެއަށް މުޅިން އަަލަށް އެޕަލް ގަޑިއަށް އީ-ސިމް ލޯންޗުކޮށްފައެވެ.
ނިޔާޒް ވަނީ މި އަހަރުވެސް އުރީދޫ "ފަން ރަން"ގެ އިތުރުން "އުރީދޫ މަސް ރޭސް" ވެސް ކުރިއަށް ގެންދިއުމަށް ރާވާފައި ވާކަމަށް ވިދާޅުވެފައެވެ.
އުރީދޫގެ އަހަރީ ދުވަހަކީ އޮގަސްޓު މަހުގެ އެއް ވަނަ ދުވަހެވެ.