އިތުރު 3 އަތޮޅެއްގެ 4 ރަށެއްގައި މި މަހު އައިޑީކާޑު ޕްރިންޓުކުރަން ފަށަނީ

އައިޑީ ކާޑެއް -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އިތުރު ތިން އަތޮޅެއްގެ ހަތަރު ރަށެއްގައި އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވަނީ އެ ރަށްތަކަކީ މ. މުލި، ށ. ފުނަދޫ، ށ. މިލަންދޫ އަދި ނ. ވެލިދޫ ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނީ 15 ރަށެއްގައި މިހާރު ވެސް އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ދެމުން އަންނަ ކަމަށެވެ.

އަދި ކުރިޔަށް އޮތް ތަނުގައި އެ ޚިދުމަތް އިތުރަށް ފުޅާކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން ނ. މަނަދޫއާއި ނ. ކެނދިކުޅުދޫގައި ވެސް އެ ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް ދެނީ، ހޯމް މިނިސްޓްރީގެ، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިންނެެވެ.

comment ކޮމެންޓް