ގައުމު މިދަނީ ރައީސް އަމިއްލަފުޅަށް ކަންކަން އިސްލާހު ކުރަން ޖެހޭ ހާލަތަށް: ނާޒިލް

އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް: ވިދާޅުވީ ގައުމު މިދަނީ ރައީސް އަމިއްލަފުޅަށް ކަންކަން އިސްލާހު ކުރަން ޖެހޭ ހާލަތަށް ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ގައުމުގެ ކަންކަން މިހާރު މިދަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އަމިއްލަފުޅަށް ކަންކަން އިސްލާހު ކުރަން ޖެހޭ ހާލަތަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަންތައް ރައީސް މުއިއްޒަށް ސާފުކޮށްދެވެނީ މަގުމައްޗަށް ނުކުމެ، މުޒާހަރާ ކޮށްގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ސުޕަމެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން ކަންތައް ކުރައްވާ ގޮތުން އެންމެ އުނދަގޫ ވަނީ ރައީސް މުއިއްޒަށް ކަން ނާޒިލް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ނިކުމެ، ކަންތައްތައް އިސްލާހުކުރަން ޖެހޭ ހާލަތަށް މުޅި ގައުމު މިދަނީ. އެއީ އަޅުގަނޑުމެނަށް ނިމިގެން ދިޔަ ދެތިން ހަފުތާ ތެރޭ މުޅިން ވެސް އަޑުއިވެނީ ރައީސުލްޖުމްހޫރިއްޔާއަށް ކުރިން އިނގިވަޑައިނުގަތް ކަމެއް އިނގިވަޑައިގަނެގެން ވަޒީރުން އަރިހަށް ވަޑައިގެން ވަރަށް އަވަދިނެތި އުޅުއްވާ ވާހަކަ

އޭގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ކުދިންގެ ތެރަޕީއާ ގުޅޭ މައްސަލަ ބޭރުކޮށްލުމުން މަގުމައްޗަށް ނިކުމެ، އެކަން ރައީސަށް ސާފުކޮށްދޭން މުޒާހަރާކުރަން މަޖުބޫރުވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަން މިހާރު އިސްލާހު ކުރުން އޮތީ ރައީސަށް ކަމަށާއި މައްސަލަ ސާފުވަންދެން އެކަން ކުރުމަށް ބެލެނިވެރިން ތައްޔާރަށް ތިއްބެވި ކަމަށް ނާޒިލް ވިދާޅުވެފައިވެއެވެ.

މިފަދަ ކަންބޮޑުވުންތަކާ ގުޅޭ ކަންކަން ގަރާރާއި ކުއްލި މައްސަލައިގެ ގޮތުގައި ވެސް ކުރިއަށް އޮތް ހަފުތާތަކުގައި ހުށަހަޅުއްވާނެ ކަން ނާޒިލް ފާހަގަކުރެެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތެރަޕީ ނުލިބޭ މައްސަލަ މަޖިލީހަށް, ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިނުގަތުމުން 47 ބެލެނިވެރިންގެ ސޮޔާއެކު މިއަދު އެ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއްގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ.

https://sun.mv/204803

ހަތަރު ސަފުހާގެ އެ ޕެޓިޝަނުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ ގޮންޖެހުންތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ.

އެގޮތުން، އަތޮޅުތެރޭގައި އުޅޭ ބެލެނިވެރިންނަށް އެންސްޕާއާއި މުއާމަލާތްކުރުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށާއި އެކަށީގެންވާ ޖަވާބު ނުދީ ބެލެނިވެރިން ހުށަހަޅާފައިވާ ބައެއް ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް ބުނާ ކަމަށް ވެސްވެއެވެ. އަދި އޯޓިޒަމްއާއި އޭޑީއެޗްޑީ ހުންނަ މީހުންނާއި ކުދިންނަށް ގަވައިދުން ދެމުންދާ ތެރަޕީތަކަށް ފައިސާ އަނބުރާ ދެއްކުމުގައި ގޮތް ނޭނގޭ މެދުކެނޑުންތަކެއް އަންނަކަން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް