އުރިދޫ މޯލްޑިވްސް އިން ބާއްވާ އުރީދޫ ނޭޝަންގެ އިންޓަ ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މިއީ ޓްރެޑިޝަނަލް ހޮސްޕިޓާލިޓީ ސެޓިންގެ ބޭރުން ރިސޯޓް މުވައްޒަފުންގެ ހުނަރާއި އުފެއްދުންތެރިކަމާއި ކުޅިވަރުގެ ހުނަރު ދައްކުވައިދިނުމުގެ މަގުސަދުގައި ބައްވާ ހަރަކާތެކެވެ.
އުރީދޫއިން ބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިސޯޓް މުވައްޒަފުންނަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ މި މުބާރާތުގައި، ދުނިޔޭގެ އެންމެ މަގުބޫލު ދެ މޮބައިލް ގޭމް ކަމަށްވާ ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) ގައި ވާދަކުރެވޭނެ ކަމަށެވެ.
މުޅިން އޮންލައިންކޮށް ބާއްވާ މި މުބާރާތުގައި ޖުމްލަ 20،000 ރުފިޔާގެ އިނާމު ޕޫލެއް ވެސް ލިބޭއިރު، ޕަބްޖީއަށް އަދި މޮބައިލް ލެޖެންޑްސް އަށް 10،000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މި ޕްރައިޒް ޕޫލް ބަހާލެވިފައިވާ ގޮތަކީ:
- 1 ވަނަ: 5000 ރުފިޔާ
- 2 ވަނަ: 3000 ރުފިޔާ
- 3 ވަނަ: 2000 ރުފިޔާ
އުރީދޫއިން ބުނީ، ރިސޯޓް ކޮމިއުނިޓީތަކުގެ މެދުގައި ވާދަވެރި ގޭމިންއަށް ޝައުގުވެރިކަން އިތުރުވަމުންދާއިރު، އިންޓަ ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025ގެ އަމާޒަކީ، މުބާރާތުގެ ތެރެއިން އެކުވެރިކަމާއި ޓީމްވޯކް އަދި ޑިޖިޓަލް އެންގޭޖްމަންޓް އިތުރުކުރުން ކަމަށެވެ.
މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތާއި އަޕްޑޭޓްތަކާއި ލައިވް ކަވަރޭޖު، އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާއިން ލިބޭނެއެވެ.
އޭޕްރީލް މަހުގެ 27އިން 30އަށް ކުރިއަށްދާ އިންޓަ ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރިސޯޓްތަކުން ވާދަކުރުމަށް ތައްޔާރުވާނެ ކަމަށް އުންމީދު ކުރާކަމަށް އުރީދޫން ބުންޏެވެ.