މީހެއްގެ ބޮލަށް ހަމަލާދިން މާރާމާރީއަކާ ގުޅިގެން ތިން މީހަކާއި، ކުޑަކުއްޖަކު ބަންދުކޮށްފި

ހުޅުމާލެ: -- ފޮޓޯ/ ޔޫއެންޑީޕީ

މިރޭ ހުޅުމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ތިން މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ފިހާރައެއް ކައިރި މާރާމާރީއެއް ހިންގި މައްސަލަ މިރޭ 19:13 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.

މި މާރާމާރީގައި ބަންގްލަދޭޝް މީހަކަށް ހަމަލާދީ އޭނާގެ ބުމަ މަތިން ފަޅައިލައި، އޭނާގެ ބޯދުޅަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއާއެކު އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުުމުގެ ދަށަށް ޖުމްލަ ހަތަރު މީހުން ގެނެސްފައިވާ ކަމަށެވެ. އެއީ 18 އަހަރުގެ ތިން ފިރިހެނުންނާއި 17 އަހަރުގެ ކުޑަކުއްޖެކެވެ.

އަދި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް