އިޖުތިމާއީ އަދި އާއިލީ ކަންކަމާ ބެހޭ ވުޒާރާއަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުން އެސްއެމްއެސް ފޮނުވަނީ

އިޖްތިމާއީ އަދި އާއިލީ ކަންކަމާ ބެހޭ ވުޒާރާއަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުން އެސްއެމްއެސް ފޮނުވަނީ --

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް ހުށަހަޅާ މައްސަލަތަށް ބަލައިގަތުމުން، މައްސަލަ ހުށަހަޅާ ފަރާތަށް އެ ވުޒާރާގެ ފަރާތުން އެސްއެމްއެސްއެއް ފޮނުވަން ފަށައިފިއެވެ.

މިކަމާ ގުޅިގެން އެ ވުޒަރާއިން ބުނީ، މިއީ އެ ވުޒާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤުސަދުގައި އެޅި ފިޔަވަޅެއް ކަމަށެވެ. އަދި މިއީ އެ ވުޒާރާއިން ޚިދުމަތް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކެއްގެ ޚިޔާލު ހޯދައިގެން ފެށި ޚިދުމަތެއް ކަމަށް ވެސް އެ ވުޒަރާއިން ވަނީ ބުނެފައެވެ.

އެގޮތުން، އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ހުށަހެޅިކަން އެފަރާތަށް އެނގޭނެ ގޮތެއް ނެތުމާއި އެ ކަމާގުޅޭ ގޮތުން އަދާހަމަ މަޢުލޫމާތު ލިބުމުގައި ލަސްވާކަމުގެ ޝަކުވާ އަކީ އެ ވުޒާރާއަށް އެންމެ ގިނައިން ލިބޭ އެއް ޝަކުވާ ކަމުގައި ފާހަގަކުރެވިފައި ވާކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އެހެންކަމުން، އަމިއްލަ ފަރާތްތަކުން އެ ވުޒާރާއަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ، ހުށަހަޅާ ލިޔެކިޔުމުގައި ބަޔާންކޮށްފައިވާ ފޯނު ނަންބަރަށް އެސްއެމްއެސްގެ ޒަރީއާއިންލިބޭނެ ނިޒާމު ތަޢާރަފުކުރީ ަކމަށް ވުޒާރާއިން ބުންޏެވެ.

އެ ވުޒާރާއިން ބުނީ އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނާ ގާތުން، ލުއިފަސޭހަ ވާނެހެން، އޯގާތެރިކަމާއި، ހިތްހެޔޮކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

comment ކޮމެންޓް