57 ރަށެއްގައި ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަނީ

އައްޑޫ ސިޓީގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްގެ ތެރެއިން އަޅާފައިވާ ފްލެޓްތައް: 57 ރަށެއްގައި ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަންސާސް ހަތް ރަށެއްގައި ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.

މިނިސްޓްރީން ހައުސިން ޔުނިޓުތައް އިމާރާތްކޮށް ދޭން ހޯދަނީ ޑިޒައިން އެންޑް ބިޑު އުސޫލުން ކޮށްދޭނެ ބަޔެކެވެ.

ވަކިވަކިން ކޮށްފައިވާ ފަސް އިއުލާނެއްގައި މިނިސްޓްރީން ވަނީ، ހައުސިން ޔުނިޓުތައް އަޅާ އަދަދުތަކާ ރަށްތައް ހާމަކޮށްފައެވެ. އެގޮތުން،

  • ހދ. ކުޅުދުއްފުށި ސިޓީގައި 2،000 ހައުސިން ޔުނިޓު
  • ކ. ތުލުސްދޫގައި 550 ހައުސިން ޔުނިޓު
  • ހދ. ނެތްލައިދޫގައި 60 ހައުސިން ޔުނިޓު
  • މ. ދިއްގަރުގައި 75 ހައުސިން ޔުނިޓު
  • މ. މުލީގައި 300 ހައުސިން ޔުނިޓު އަޅަން ނިންމާފައިވޭ
  • އދ. ދިގުރަށުގައި އަޅަނީ 30 ހައުސިން ޔުނިޓު
  • ށ. ފޯކައިދޫއާއި އދ. މަހިބަދޫގައި އަޅަނީ 150 ހައުސިން ޔުނިޓު
  • ގއ. ވިލިނގިލީގައި އިމާރާތްކުރަނީ 225 ހައުސިން ޔުނިޓު
  • ހދ. ނޮޅިވަރަންފަރުގައި 250 ހައުސިން ޔުނިޓު
  • ހއ. އިހަވަންދޫގައި 200 ހައުސިން ޔުނިޓު

މަޑަވެލީގައި އަޅާފައިވާ ހައުސިން ޔުނިޓުތައް: 57 ރަށެއްގައި ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަނީ ---

ފައްސަތޭކަ ހައުސިން ޔުނިޓު އަޅާ ރަށްތަކުގެ ތެރޭގައި ހިމެނެނީ:

  • ސ. ހިތަދޫ
  • ޏ. ފުވައްމުލަކު
  • ގދ. ތިނަދޫ
  • ލ. ފޮނަދޫ
  • ލ. ގަމު
  • ދ. ކުޑަހުވަދޫ
  • ރ. އުނގޫފާރު
  • ހދ. ހަނިމާދޫ

ފަންސާސް ހައުސިން ޔުނިޓު އަޅަނީ:

  • ހއ. ކެލާ
  • ހއ. އުތީމު
  • ހދ. ކުރިނބި
  • ށ. ކޮމަންޑޫ
  • ނ. މަނަދޫ
  • ނ. މިލަދޫ
  • ރ. އިންނަމާދޫ
  • ރ. ރަސްމާދޫ
  • ޅ. ކުރެންދޫ
  • ކ. ގުރައިދޫ
  • މ. ކޮޅުފުށި
  • ތ. ހިރިލަންދޫ
  • ގއ. ގެމަނަފުށި
  • ގއ. ކޮލަމާފުށި
  • ގދ. ހޯނޑެއްދޫ
  • ގދ. ފަރެސްމާތޮޑާ
  • ގދ. ފިޔޯރީ

ސަތޭކަ ހައުސިން ޔުނިޓު އަޅަން ނިންމާފައި ވަނީ، ހދ. މަކުނުދޫއާއި ނ. ކެނދިކުޅުދޫއާއި ރ. މަޑުއްވަރިއާއި ރ. އިނގުރައިދޫގައާއި ބ. ތުޅާދޫގައާއި ޅ. ހިންވަރުގައާއި ތ. ވިލުފުށީގައާއި ގދ، ގައްދޫގައާއި ސ. މަރަދޫގައާއި ސ. މަރަދޫފޭދޫގެ އިތުރުން ސ. މީދޫގައެވެ.

އޭގެއިތުރުން، 200 ހައުސިން ޔުނިޓު އިމާރާތް ކުރާ ރަށްތައް ވެސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ. އެއީ، ހއ. ދިއްދޫ، ހއ. ހޯރަފުށި، ށ. މިލަންދޫ، ރ. ދުވާފަރު، ފ. ނިލަންދޫ، ދ.މީދޫ، ގދ، މަޑަވެލީ، ސ. ފޭދޫގައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ޕްރީ ކޮލިފިކޭޝަނުގައި ބައިވެރިވުމަށް 1،500 ރުފިޔާގެ ނަން ރިފަންޑަބަލް ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ކޮލިފިކޭޝަން ހުށަހަޅަން ޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

comment ކޮމެންޓް