މިދިޔަ ރޯދަ މަހު ކަރާ ފަޅައިގެން އިނާމު ލިބޭގޮތަށް ދިރާގުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ދޭ ސްވިޓްޒަލޭންޑު ދަތުރުގެ ނަސީބުވެރިޔާއާ އިނާމު ހަވާލުކޮށްފިއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވިފައި ވަނީ މުޙައްމަދު އިއުތިމަން އަލީއެވެ. އޭނާއަށް އިނާމު ހަވާލުކުރީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފުލާއެއްގައެވެ.
އިނާމާ ހަވާލުވުމަށް ފަހު އިއުތިމަން ބުނީ، ދިރާގު އެޕުން ކަރާފަޅައިގެން ސްވިޓްލަޑެންޑަށް ދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށް އުންމީދު ވެސް ނުކުރާ ކަމަށެވެ.
މިއަހަރުގެ ރޯދަ މަހު ދިރާގުން ކޮންމެ ދުވަހު ދިރާގު އެޕުން ކަރާ ފަޅައިގެން ދެ ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ދިރާގު ކަސްޓަމަރުންނަށް ދިނެވެ. އަދި، ވަކި އަދަދަކަށް ކަރާ ފަޅައިގެން ޚާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް އޭރު ދިރާގުން ދިނެވެ. އެ އިނާމުތަކުގެ ތެރޭގައި، ދިހަ ޖީބީ ޑޭޓާއި އެއާޕޮޑްސްއާއި ސެމްސަންގް އެސް 25 ފޯނާއި އެއް ޓީބީ ހިލޭ ޑޭޓާގެ އިތުރަށް ސްވިޓްލަޒެންޑު ދަތުރު ހިމެނެއެވެ.
"އިނާމް ލިބުނުކަން އެނގުމުން ފުރަތަމަ ގަބޫލުނުކުރެވުނު ކަމުގައި ވިޔަސް، ވަރަށް ބޮޑަށް އުފާވި. ދިރާގު ކަސްޓަމަރަކަށް ވުމުގެ ސަބަބުން އަޅުގަނޑަށް މި ލިބުނީ ވަރަށް އަގުހުރި އިނާމެއް. ދިރާގަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." އިއުތިމަން ބުންޏެވެ.
ދިރާގުން އަންނަނީ، ކޮންމެ އަހަރަކު ވެސް އެކުންފުނީގެ ކަސްޓަމަރުންނަށް މިފަދަ ތަފާތު ޚާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް ކަސްޓަމަރުންނާ ހަމައަށް އަގުހުރި އިނާމުތައް ފޯރުކޮށްދެމުންނެވެ.