ޕްރިޕެއިޑް ކަސްޓަމަރުންނަށް ރީލޯޑްކޮށްގެން 60،000 ރުފިޔާ ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފިއެވެ.
ދިރާގުން ބުނީ މިއީ، ހަފުތާއަކު ޖުމްލަ 300 ރުފިޔާއަށް ވުރެ ގިނައިން ރީލޯޑް ކުރާ ނުވަތަ ޑޭޓާ އެޑް އޮން އެކްޓިވޭޓްކުރާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުގެ ނަސީބުވެރިއަކަށް 10،000 ރުފިޔާ ލިބިގެންދާނެ ޕްރޮމޯޝަނެެއް ކަމަށެވެ.
މީގެ އިތުރުން ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 20 ރުފިޔާއިން މަތިން ކުރާ ކޮންމެ ރީލޯޑަކަށް 1ޓީބީ އާ ހަމައަށް ޑޭޓާ
މުޅިން ހިލޭ ލިބިގެންދާނެ ކަމަށާއި މިއ،ީ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
އަންނަ މޭ މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ދިރާގު އެޕް، ދިރާގު ޕޭ މައި އެކައުންޓް ނުވަތަ ދިރާގުގެ ޕާޓްނާ
ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފައެވެ.
ދިރާގުން ބުނީ އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިހްތިޔާރުކުރެވޭ ގޮތަށް އެކިއެކި ޕްރިޕެއިޑް ޕްލޭންތައް އެ ކުންފުނިން ފޯރުކޮށްދެމުން ދާ ކަމަށެވެ.
އެ ކުންފުނިން އަބަދުވެސް ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.