ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން މެލޭޝިއާއާއެކު ރާއްޖޭގައި އިތުރު ހަތަރު ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ އެ ގައުމުގެ ބޮޑުވަޒީރު އަންވަރް އިބްރާހީމާ ބައްދަލުކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ވިޔަފާރި، ފަތުރުވެރިކަން، ތައުލީމީ ދާއިރާ، ޒުވާނުންނާއި ކުޅިވަރު، އިސްލާމިކް ބޭންކިން، އެންޓި ކޮރަޕްޝަން ކޮމިޝަން، ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި މަޝްވަރާތަކަށް ފަހު ދެ ގައުމުން ވަނީ ތިން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ:
- ފަތުރުވެރިކަމުގެ ދާއިރާ
- ކުޅިވަރު
- ސިއްހީ ދާއިރާ
- ދެ ގައުމުގެ ގުޅުން ބަދަހިކުރުން އަދި ޑިޕްލޮމެޓިކް ތަމްރީނު ދިނުން
މީގެ އިތުރުން، މި ސަރަހައްދުތަކުގެ ގައުމުތަކަށް ދިމާވެފައިވާ މައްސަލަތައް މަޝްވަރާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެތެރޭގައި، މިޔަންމާގެ ހާލަތާއި އިޒްރޭލާ ފަލަސްތީނު މައްސަލަ އަދި އެމެރިކާއިން ޓެރިފް ބޮޑުކުރުމުން ދިމާވެދާނެ ގޮންޖެހުންތައް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ފަތުރުވެރިކަން ހިމެނޭހެން މެލޭޝިއާއާ އެކު ފަސް ދާއިރާއަކުން ގުޅުން ބަދަހިކުރަނީ --
މި އެއްބަސްވުންތަކަށް ފަހު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މި އެއްބަސްވުންތަކަކީ ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ އެއްބަސްވުންތަކެއް ކަމަށެވެ. އަދި މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ސަބަބުން މުސްތަގުބަލުގައި ދެ ގައުމަށް ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރެވޭނެކަމަށް އުންމީދު ކުރައްވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި މިއަދު މެލޭޝިއާ މޯލްޑިވްސް ބިޒްނަސް ޕޯރަމްގެ ނަމުގައި ފޯރަމެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ މިމަހުގެ 30ގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.