ދިއްގަރުގައި ތަހުގީގުކުރާ މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި ހޯދާ މީހާ: އޭނާ ހޯދަނީ ދިއްގަރު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން -- ފޮޓޯ/ ފުލުހުން

މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން މިއަދު އިއުލާންކޮށްފިއެވެ.

ފުލުހުން ނެރުނު އިއުލާނެއްގައިވަނީ، މަކަރާއި ހީލަތުގެ މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ތަސްވީރުގެ، ސ.ހިތަދޫ, ޢާދިލް ޙަމީދު (47އ) ކަމަށެވެ.

އޭނާ ހޯދަން އިއުލާންކުރީ އެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ފުލުހަށް ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

އެ މީހާ ހާޒިރުވާން އަންގައިފައިވަނީ ދިއްގަރު ޕޮލިސް ސްޓޭޝަނަށް، އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ހެނދުނު 11:00 އަށެވެ.

ތަފާތު އުކުޅުތައް ބޭނުންކޮށްގެން، މަކަރާއި ހީލަތުން މުދަލާއި ފައިސާ ހޯދުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. ފުލުހުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު އެފަދަ 10 މައްސަލައެއް ހުށަހަޅާފައިވެއެވެ.

comment ކޮމެންޓް