އެކަތި ބޮޑުބެރުން މިފަހަރު "އީދު ގޮމާ"

ރާއްޖޭގެ އެންމެ މަގުބޫލު ބޮޑުބޮޑު ގްރޫޕުތަކުގެ ތެރޭގައި ހިމެނޭ އެއް ގްރޫޕު ކަމަށްވާ "އެކަތި ބޮޑުބެރު" ގްރޫޕުން މިއަހަރުގެ ބޮޑު އީދާ ދިމާކޮށް އާ ލަވައެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.

އެކަތި ބޮޑުބެރުން ދޭތެރެއަކުން ފޭނުންނަށް އޮރިޖިނަލް މިއުޒިކް ދޫކުރެއެވެ. އެންމެފަހުން މި ގްރޫޕުން ރިލީޒްކޮށްފައިވަނީ "މަރިޔަމް މަލާ" ނަމަކަށް ކިޔާ ލަވައެކެވެ. މަރިޔަމް މަލާއަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގްރޫޕުން ރިލީޒްކުރި ވީޑިއޯ މިއުޒިކެކެވެ. ދެ ހާހުގެ ކުރީކޮޅު ސިފަކޮށްދޭ މި ލަވަ ވަނީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ.

އެއާއެކު މިފަހަރު މި ތައްޔާރު ވަނީ އީދަށް ހާއްސަކޮށް ލަވައެއް ނެރުމަށެވެ. "އީދު ގޮމާ" ކިޔާ މި ލަވަވެސް ރިލީޒް ކުރަނީ މިއުޒިކް ވީޑިއޯއަކާއެކުގައެވެ. އީދު ފެނާއި ކުލަތައް ސިފަކޮށްދޭ މި ލަވައަކީ އީދުގެ ތީމު ވަރަށް ރަނގަޅަށް ސިފަކޮށްދޭނެ ލަވައެކެވެ.

އަންނަ މަހުގެ ތެރޭގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ލަވައިގައި ލީޑުން ފެނިގެންދަނީ މަޝްހޫރު އެކްޓަރު މަރިޔަމް އައްޒައެވެ.

ލަވައާ ގުޅޭގޮތުން އިތުރު މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި މި ލަވައިގެ މަންޒަރުތައް ނަގާފައިވަނީ ހުސައިން ޝުޖާއު (ޖަންކީ) އެވެ. މި ލަވަ ޑައިރެކްޓުކޮށްފައިވަނީ އަބްދުالله މުއާޒު (މުއާ)އެވެ. އީދު ގޮމާގެ މަންޒަރުތައް ނަގާފައިވަނީ ބ. ކިހާދޫގައެވެ.

ބެލެވޭ ގޮތުގައި މި ލަވައިގެ ޅެން ތައްޔާރުކޮށްފައިވަނީ އިސްމާއިލް މުބާރަކް އެވެ. މިއީ ކުރިންވެސް މި ގްރޫޕަށް ޅެން ހަދާފައިވާ ފަންނާނެކެވެ. މިއީ މަރިޔަމް މަލާ ވެސް ލިޔެފައިވާ ފަންނާނެވެ. ނަމަވެސް މި މައުލޫމާތުތައް އަދި ގްރޫޕުން ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ބޮޑު އީދުގެ ފުރަތަމަ ދުވަހު މި ލަވަ ރިލީޒް ކުރާނެއެވެ.

comment ކޮމެންޓް