އެމެރިކާ އާ ގުޅިގެން ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކޮށްފިއެވެ.
އެމެރިކާ ސަރުކާރާއެކު ރާއްޖެއިން ބޭއްވި މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވީ, ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބުދުالله ރާފިއު އާއި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން އެވެ.
ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ވަޒީރު ރަފީއު ވަނީ ދެ ގައުމުން ގުޅިގެން ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެމެރިކާ ސަފީރު ޔޮން ވަނީ ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރެއްވުމަށް ރާއްޖެއަށް އެމެރިކާ ސަރުކާރުން ދެއްވާ އެއްބާރުލުން އިތުރަށް ހަރުދަނާ ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ދުނިޔޭގެ ފެންވަރުގައި ވެސް އެމެރިކާއަކީ ކުޅިވަރުގައި ފާހަގަކޮށްލެވޭ ބޮޑު ބާރެކެވެ. ރާއްޖޭގެ ކުޅިވަރުގެ ދިގު މުއްދަތެއްގެ ޕްލޭނެއް އެކުލަވާލަމުން އަންނައިރު، މި ޕްލޭނުގެ ދަށުން ބޭރު ގައުމުތަކުގައި ދިވެހި އެތުލީޓުންނަށް ފުރުސަތު ހޯދައިދިނުން ހިމެނެއެވެ. އަދި ބޮޑެތި މުބާރާތްތަކުގައި ރާއްޖެއިން ބައިވެރިވެ ކާމިޔާބީ ހޯދުމުގެ ދިގުރާސްތާ ޕްލޭނެއް އެކުލަވާލާފައިވެއެވެ.