ދިރާގުން 230380 ރުފިޔާ ކުޑަކުދީންގެ ހިޔާތަކަށް ހަދިޔާކޮށްފި

ސަރުކާރުގެ ބެލުމުގެދަށުގައިތިބި ކުދީންނަށް ބީއެމްއެލްއިން 230380 ރުފިޔާ ހަދިޔާކޮށްފި -- ފޮޓޯ/ ދިރާގު

ދިރާގުން "ޑޮނޭޓް އޮން ދިރާގުއެޕް" ޕްރޮގްރާމް މެދުވެރިކޮށް ލިބިފައިވާ ޖުމްލަ 230380 ރުފިޔާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ހަދިޔާކޮށްފިއެވެ.

މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމްއާ އެ ޑޮނޭޝަން ރަސްމީކޮށް ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޑަރު އިސްމާއިލް ރަޝީދެވެ.

ދިރާގުން ބުނީ އެ ފައިސާގެ ތެރޭގައި ދިރާގުން ހަދިޔާކުރި 150،000 ރުފިޔާގެ އިތުރުން ރޯދަ މަހު ދިރާގުއެޕް މެދުވެރިކޮށް އާންމުންގެ އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ ފައިސާ ހިމެނޭކަމަށެވެ.

ފިޔަވައްޗާއި އަމާން ވެއްޓާއި އަމާން ހިޔާއަކީ, ފެމެލީ ޑިވޮލޮޕްމެންޓް މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު (އެފްސީއެސްސީ) މެދުވެރިކޮށް ދައުލަތުގެ ބެލުމުގެ ދަށުން ކުދިން ބަލަހައްޓާ ޚާއްސަ ހިޔާތަކެވެ.

އެ ގޮތުން، ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ޚާއްސަކޮށްފައިވާ ހިޔާއެވެ. އަދި އަމާން ވެއްޓާއި އަމާން ހިޔާގައި ތިބެނީ ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނެވެ.

ދިރާގުން ބުނީ މި ޑޮނޭޝަންގެ އެހީގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ދުޅަހެޔޮކަމާއި ތަރައްގީއަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ކަނޑައަޅާފައިވާ މުހިއްމު ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވާކަމަށެވެ.

ދިރާގުން ދަނީ އެ ކުންފުނީގެ ސީއެސްއާރުގެ މުހިންމު ބައެއް ކަމުގައިވާ "އިންކްލޫޝަން"ގެ ދަށުން ކުޑަކުދިންގެ މުސްތަގުބަލަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ދަނީ މުޅި ރާއްޖޭގެ ހުރިހާ އަމާން ވެށި އަދި އަމާން ހިޔާތަކަށް ދިރާގު ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް