ރާއްޖޭގައި ބޭންކިން ޚިދުމަތް ދިނުމަށް ބޭނުންވާ ޕްރީ އޮޕަރޭޝަނަލް ހުއްދަ ހުއްދަ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސްއަށް އެމްއެމްއޭއިން ދީފިއެވެ.
އެމްއެމްއޭއިން މި ދެ ކުންފުންޏަށް ބޭންކިން ޚިދުމަތް ދިނުމުގެ ހުއްދަ ދިނީ މިމަހުގެ 19ވަނަ ދުވަހުއެވެ.
އެގޮތުން، ލީސިންގެ ޚިދުމަތް ދޭ އެމްއެފްއެލްސީއަށް ހުއްދަ ދީފައި ވަނީ، ޓިއާ އެކެއްގެ ބޭންކަކަށް ބަދަލު ކުރުމަށެވެ. ބީއައިސީ ބޭންކް މޯލްޑިވްސްއަށް ހުއްދަ ދީފައި ވަނީ، ޓިއާ އެކެއްގެ ބޭންކެއް އުފެއްދުމަށެވެ.
އެމްއެމްއޭއިން ބުނީ، ޚިދުމަތް ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޝަރުތުތައް ފުރިހަމަކުރުމުން ބޭންކިން ޚިދުމަތް ފެށުމަށް އެކުންފުނިތަކަށް ހުއްދަ ދޭނެކަމަށެވެ.

އެމްއެމްއޭއިން ދެ ކުންފުންޏަކަށް ޕްރީ-އޮޕަރޭޝަނަލް ހުއްދަދިނުން --- ފޮޓޯ/ އެމްއެމްއޭ
މިހާރު ރާއްޖޭގައި ބޭންކިންގެ ޚިދުމަތް ދެނީ ހަތް ބޭންކަކުންނެވެ.
އެއީ:
- ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
- މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
- ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)
- ބޭންކް އޮފް ސިލޯން (ބީއޯސީ)
- ހަބީބް ބޭންކް
- މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)
- ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް)އެވެ.