މި އަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފިއެވެ.
އެ ގޮތުން، އެ ހަރަކާތްތައް މިރޭ ފަށާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ހުޅުމާލޭގައި އޮތް ހަރަކާތްތަކަކީ:
- މިރޭ އޮތީ ވެދުމާއި ދިޔުމާއި އީދު ހުޅު ރޯކޮށް ބޮޑުބެރުގެ ހަރަކާތެއް ( ރުއްގަނޑު އެކެއް 20:30، ހުޅުމާލޭ ދޭއްގެ ޗެނަލް ބީޗު 21:00)
- ޢީދު ނަމާދަށް ފަހު ހުޅުމާލޭ ކްރިކެޓް ސްޓޭޑިއަމްގައި އުލްހިޔާ ކަތިލުމާއި ޢީދު ބޮނޑިބަތް
- މާދަމާ 16:00 އިން 17:00 އަށް ވޯޓާ ސްޕޯޓްސް އިވެންޓު ހުޅުމާލޭ ރުއްގަނޑު އެކެއްގައި
- މާދަމާއިން އާދިއްތަ ދުވަހުގެ ނިޔަލަށް ކުޑަކުދިންގެ ހަވީރެއް ހުޅުމާލެ ސެންޓްރަލް ޕާކާއި ހިޔާ ޕާކުގައި

ހުޅުމާލޭގައި ޢީދު ފާހަގަކުރުން: މި ޢީދަށް އެޗްޑީސީ ތައްޔާރު -- ފޮޓޯ/ އެޗްޑީސީ
ބައެއް އިދާރާތަކާއި މުއައްސާތަކާ ގުޅިގެން "ޢީދުހަވީރު 1446"ގެ ނަމުގައި އެމްއެމްޑީއެފުން ވަނީ މާލެ ސަރަހައްދުގައި ޢީދު ފާހަގަކުރުމަށް ނިންމާފައެވެ.
މި ހަރަކާތްތަކުގައި ރާއްޖޭގެ އިހުގެ ސަޤާފަތާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ޒަމާނީ ކެރެކްޓާތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަޟްހާ ޢީދު ސަރުކާރުން ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ތިން ރަށަކީ، ލ. ގަމާއި، ކ. ގުރައިދޫ އަދި ހއ. ކެލާއެވެ.
އިސްލާމީ ހަމަތަކާއި އާންމު އިޖުތިމާއީ މިންގަނޑުގެ ތެރެއިން އީދު ފާހަގަކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ސިޓީތަކުގެ މޭޔަރުންނަށާއި އަތޮޅު އަދި ކައުންސިލް ރައީސުންނަށް ވަނީ ގޮވާލާފައެވެ.