ދަރަވަންދޫ ކައުންސިލުން ރައްޔިތުންނަށް ހަދިޔާކުރި "މަގޭ ބަގީޗާ" ހުޅުވައިފި

ދަރަވަންދޫ ކައުންސިލުން ރައްޔިތުންނަށް ހަދިޔާކުރި "މަގޭ ބަގީޗާ" ހުޅުވައިފި -- ސަން ފޮޓޯ

ބ. ދަަވަންދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް ހަދިޔާކުރި "މަގޭ ބަގީޗާ" މިރޭ ހުޅުވައިފިއެވެ.

ދަރަވަންދޫ ކައުންސިލުން ބުނީ މި ޕާކަކީ ދަރަވަންދޫގެ ރައްޔިތުންނަށް ކައުންސިލްގެ ފަރާތުން ދިން އީދު ހަދިޔާއެއް ކަމަށެވެ.

މިރޭގެ 20:30ގައި މި ޕާކު ހުޅުވައިދެއްވީ ޑްރީމްލޭންޑް ރިސޯޓުގެ ޖެނެރަލް މެނޭޖާ މުޙައްމަދު ޙަނީފެވެ.

ކައުންސިލުން ބުނީ މި ޕާކަކީ ކައުންސިލްގެ ސްޓާފުން އެ މީހުންނަށް ލިބޭ ހުސްވަގުތުތަކުގައި މަސައްކަތްކޮށް ނިންމާފައިވާ ޕާކެއް ކަމަށާއި ޕާކު ތަރައްގީކުރުމަށް އެ ރަށުގެ ކުލަބު ޖަމިއްޔާތަކާއި ވިޔަފާރިވެރީންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

ދަރަވަންދޫ ކައުންސިލުން ރައްޔިތުންނަށް ހަދިޔާކުރި "މަގޭ ބަގީޗާ" ހުޅުވައިފި -- ސަން ފޮޓޯ

ރަށުގެ ކުދި ބޮޑު ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ތަރައްގީކޮށްފައިވާ މި ޕާކުގައި ރައްޔިތުންނަށް ބޭނުންކުރެވޭނެ ކެފޭއަކާއި ފާހާނާއަކާއި ކުޑަކުދީންނަށް ސްކޭޓްކުރެވޭނެ ގޮތަށް އެންމެ ޒަމާނީ ފެންވަރަށް ސްކޭޓްކުރާނޭ ސަރަހައްދެއް ވަނީ ތަރައްގީކޮށްފައެވެ.

މީގެ އިތުރުން އައުޓްޑޯ ޖިމަކާއި ދުވާ ޓްރެކެއްގެ އިތުރުން ދުވަސްވީ މީހުންނަށް ރާޒުވާ ކުޅެލާނޭ ފިނި ސަރަހައްދެއްގެ އިތުރުން ކުޑަކުދީން ކުޅުމަށް ޚާއްސަ ކުޅޭ ސަރަހައްދެއް ވެސް ވަނީ ތަރައްގީކޮށްފައެވެ.

ދަރަވަންދޫ ކައުންސިލުން ރައްޔިތުންނަށް ހަދިޔާކުރި "މަގޭ ބަގީޗާ" ހުޅުވައިފި -- ސަން ފޮޓޯ

މީގެ އިތުރުން އެ ސަރަހައްދަކީ ހިތްފަސޭހަ ސަރަހައްދަކަށް ހެދުމަށް ފެންއަރުވާ ވަޑާމަކާއި މަސް ފެންގަނޑެއް ވެސް އެ ތަނުގައި ވަނީ ތަރައްގީކޮށްފައެވެ.

ޕާކު ހުޅުވުމަށްފަހު ކުޑަކުދީންނަށް ހާއްސަކޮށްގެން ރޮބޯ މޭންއާއި ސްކޫލު ކުދީންގެ ސަގާފީ ޝޯއެއް ޝޯއެއް ޕާކުގައި ކުރިއަށް ގެންގޮސްފައިވާއިރު މިރޭ ހަވާއެރުވުމުގެ ހަރަކާތް ވެސް ކުރިއަށްގެންދިއުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ދަރަވަންދޫ ކައުންސިލުން ރައްޔިތުންނަށް ހަދިޔާކުރި "މަގޭ ބަގީޗާ" ހުޅުވައިފި -- ސަން ފޮޓޯ

މި އަަހަރު ދަރަވަންދޫ ބޮޑު އީދު ކުޅިވަރުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. އަޟްހާ އީދު ފެށިފައިވާއިރު އީދާ ގުޅުވައިގެން ދަރަވަންދޫގައި ކުޅޭ ކުޅިވަރުތައް އެސްއެސް ޓީވީގެ އިތުރުން ސަން ޕްލޭ އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ.

comment ކޮމެންޓް