އެމްއައިބީއާއި މުނިހޯމްކެއާ ގުޅިގެން ބޭއްވި އުޖާލާ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް އަހުމަދު ލަތީފް

އެމްއައިބީއާއި މުނިހޯމްކެއާ ގުޅިގެން ހިންގި އުޖާލާ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް އަހުމަދު ލަތީފާ އިނާމު ހަވާލުކުރުން ----

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާއި މުނި ހޯމްކެއާ ގުޅިގެން ކުރިޔަށް ގެންދިޔަ އުޖާލާ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

އެ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ އަހްމަދު ލަތީފެވެ.

މިދިޔަ ފެބްރުވަރީ މަހުގެ ތިނަކުން މިދިޔަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މުނި ހޯމްކެއާގެ ފިހާރަތަކުން އެމްއައިބީ އުޖާލާ މެދުވެރިކޮށް ވިޔަފާރާތްތަކަށް ކުރިޔަށް ގެންދިޔަ މި ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

އެމްއައިބީ އުޖާލާ ދިރިއުޅުމަކީ ރާއްޖޭގެ އެންމެ މަގްބޫލު އެއް ފައިނޭންސިން ސްކީމް ކަމަށްވާއިރު، ހަތް ލައްކަ ރުފިޔާއާ ހަމަޔަށް މުދާ ހޯދުމަށް އޮންލައިންކޮށް އެދެވެއެވެ.

މި ސްކީމަށް ސަރުކާރު މުވައްޒަފުންގެ އިތުރުން އެމްއައިބީއަށް މުސާރަ އަދި ކުލި ޖަމާ ކުރާ ފަރާތްތަކާއި އެމްއައިބިއާއެކު އެމްއޯޔޫގައި ސޮއިކޮށްފައިވާ ހުރިހާ މުވައްޒަފުންނަށް ހުށަހެޅޭނެއެވެ.

މުނި ހޯމްކެއާއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮލެޓީ ފަރުނީޗަރުގެ އިތުރުން ފާޚާނާގެ ފިޓިންގްސްއާއި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ އެކި ސާމާނު ވިއްކާ ފިހާރައެކެވެ. އެ ފިހާރައަކީ ފެށުނީއްސުރެ އެމްއައިބީ އުޖާލާ ދިރިއުޅުން މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުބާރާއެކު މުދާ ފޯރުކޮށްދޭ ފިހާރައެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް