އެޑްވަޓޯރިއަލް: މަހާސް ޓިމްބަރއިން ޒިންމާދާރުކަމާއެކު، އެންމެ މަތީ ފެންވަރުގެ ލަކުޑީގެ އުފެއްދުންތައް ފޯރުކޮށްދިނުމުގައި

މަހާސް ޓިމްބަރ

ތިމާވެށްޓާއި މާހައުލާ ގުޅުން ހުރި ކޮންމެ ކަމެއްގައި ވެސް، ޒިންމާދާރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމަކީ މިހާރު ދުނިޔެ ގަބޫލު ކުރާ އުސޫލެވެ. ރާއްޖޭގައި ތަރައްގީކޮށްފައިވާ އަދި ތަރައްގީ ކުރަމުންދާ ގިނަ ރިސޯޓުތަކުން ވެސް ބޭނުންވަނީ ހަމަ އެ މިންގަނޑުތައް ދަމަހައްޓާށެވެ. މެލޭޝިއާގައި އުފައްދާފައިވާ، ލަކުޑިއާއި ފަރުނީޗަރު ފޯރުކޮށްދޭ ކުންފުނި މަހާސް ގުރޫޕް އޮފް ކޮމްޕެނީސްއިން މަސައްކަތްތައް ކުރިއަށްގެންދަނީ އެ މަސްއޫލިއްޔަތު އިސްކޮށްގެންވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި މައި އޮފީސް ހުންނަ މަހާސް ޓިމްބަރ 2010ގައި އުފެއްދި ފަހުން، ރާއްޖޭގެ އިތުރުން މެދުއިރުމައްޗާއި ޕާކިސްތާނަށް ވެސް ވަނީ ޚިދުމަތްތައް ފުޅާކޮށްފައެވެ. ލަގްޒަރީ ފަތުރުވެރިކަމުގެ ވާދަވެރި މާހައުލުގައި މި ކުންފުނިން ކުރި ހޯދަމުންދަނީ، މަހާސް ޓިމްބަރއިން ފޯރުކޮށްދޭ ލަކުޑިއާއި ފަރުނީޗަރުގެ ފެންވަރާއި ދެމެހެއްޓެނިވިކަން ކަށަވަރުކޮށްދީގެންނެވެ.

އެ އިތުބާރު ހޯދުމުގެ ގޮތުން، ފާއިތުވި 15 އަހަރު ތެރޭގައި އެ ކުންފުނިން ވަނީ، ލަކުޑިއާއި ލަކުޑިން އުފައްދާ ތަކެތީގައި ބޭނުންކުރަނީ ޒިންމާދާރު ގޮތުގައި ހޯދައިފައިވާ ތަކެތިކަން ސާބިތުކޮށްދޭ ސެޓްފިކޭޝަންތައް ހޯދައިފައެވެ. އެގޮތުން، ބައިނަލްއަގުވާމީ މިންގަނޑުތަކުގެ ދަށުން ދޭ ޕީއީއެފްސީ ސެޓްފިކޭޝަން މަހާސް ޓިމްބަރއިން ހޯދައިފައިވެއެވެ.

މަހާސް ޓިމްބަރގެ ސެޓްފިކޭޝަންތައް: ލަކުޑިއާއި ލަކުޑިން އުފައްދާ ތަކެތީގައި ބޭނުންކުރަނީ ޒިންމާދާރު ގޮތުގައި ހޯދައިފައިވާ ތަކެތިކަން ސާބިތުކޮށްދޭ ސެޓްފިކޭޝަންތައް އެ ކުންފުނިން ހޯދައިފައިވޭ -- ފޮޓޯ/ މަހާސް ޓިމްބަރ

ޕީއީއެފްސީ ސެޓްފިކޭޝަން ލިބެނީ، ގަސް ކެނޑުމާއި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައި (ޗެއިން އޮފް ކަސްޓަޑީ)ގައި ޒިންމާދާރު ގޮތުގައި އަމަލުކުރާކަން ސާބިތުކޮށް ދީގެންނެވެ.

ޔޫރަޕްގެ ތަރައްގީވެފައިވާ ގައުމުތަކާއި އެމެރިކާގައި މުޅިންވެސް ބޭނުންކުރަނީ މި ޗެއިން އޮފް ކަސްޓަޑީ ކަށަވަރުކޮށްދީފައިވާ މިންގަނޑުގެ ލަކުޑިއާއި ފަރުނީޗަރެވެ. ރާއްޖޭގެ ރިސޯޓުތަކާއި އަލަށް ތަރައްގީ ކުރަމުން އަންނަ ފަތުރުވެރިކަމުގެ މަންޒިލްތަކުން ވެސް މިހާރު ބޭނުންވަނީ ޕީއީއެފްސީ ނުވަތަ އެއާ އެއްވަރުގެ މިންގަނޑުތަކަށް ފެތޭ ތަކެއްޗެވެ.

މަހާސް ޓިމްބަރއިން ގެންނަ ލަކުޑީގެ ބައެއް ބާވަތްތައް: އެ ކުންފުނީގެ އޮފީސްތައް މިހާރު ދުބާއީއާއި ހޮންކޮންގައި ހުޅުވައިފައިވޭ -- ފޮޓޯ/ މަހާސް ޓިމްބަރ

މީގެ އިތުރަށް މަހާސްއިން ވަނީ ފެންވަރު ދެމެހެއްޓުމަށްޓަކައި އައިއެސްއޯ ސްޓޭންޑަޑް ތަންފީޒުކޮށް، އައިއެސްއޯގެ ވެސް ސެޓްފިކޭޝަން ހޯދައިފައެވެ. އައިއެސްއޯ އާ އެކީ މަހާސްގެ ކަސްޓަމަރުންނަށް ޚިދުމަތުގެ ފެންވަރާ ދޭތެރޭ ފުރިހަމަ ގެރެންޓީ ލިބެއެވެ.

ރާއްޖޭގެ ރިސޯޓުތަކަށް އެންމެ ގިނައިން ގެންނަނީ މެލޭޝިއާގެ ގަހުގެ ބާވަތްތަކުން ކަނޑައިފައިވާ ލަކުޑިން ކަމަށްވާއިރު، މަހާސް ޓިމްބަރއިން ވެސް، ރިސޯޓުތަކުގައި ބޭނުންކުރުމަށް އެ ގައުމުގައި ލަކުޑިއާއި ފަރުނީޗަރު ތައްޔާރުކޮށްދެއެވެ. އެގޮތުން ރިސޯޓުތަކުން ބޭނުންވާ ގޮތަކަށް ލަކުޑި ނުވަތަ ލަކުޑިން ހަދާ ފަރުނީޗަރުތައް ތައްޔާރުކޮށް ރަށާ ހަމައަށް ގެންގޮސްދެއެވެ.

މަހާސް ޓިމްބަރގެ ސީއީއޯ އަލީ ހުޒާމް ހަސަން: އެ ކުންފުނިން އަމަލުކުރަނީ ޕީއީއެފްސީ މިންގަނޑާ އެއްގޮތަށްކަން ފާހަގަކުރެއްވި -- ފޮޓޯ/ މަހާސް ޓިމްބަރ

މަހާސް ޓިމްބަރގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތާ ގުޅޭ ގޮތުން ސީއީއޯ އަލީ ހުޒާމް ހަސަން ވިދާޅުވީ، ޕީއީއެފްސީ މިންގަނޑާ އެއްގޮތަށް، އެ ކުންފުނިން ޒިންމާދާރު ގޮތުގައި ލަކުޑި ކަނޑަނީ އެފަދަ މަސައްކަތްތައް ކުރުމަށް ހުއްދަ ދީފައިވާ ބިންތަކުން ކަމަށެވެ. އަދި ގަސް ކަނޑައިގެން، ހަމަ އެ މިންގަނޑަށް ފެތޭ އިތުރު ފަރާތެއް މެދުވެރިކޮށް ކާރުހާނާއަށް ގެންގޮސް، ކަސްޓަމަރުން ބޭނުންވާ ފިނިޝިންއާއި ޓްރީޓްމެންޓުތަކާ އެއްގޮތަށް ތައްޔާރުކޮށް ފެންވަރު ބަލައެވެ. އެއަށްފަހު ރިސޯޓުތަކަށް ފޯރުކޮށްދެނީ އެންމެ މަތީ ފަންތީގެ އުފެއްދުމެވެ.

ފަސް ތަރީގެ ރިސޯޓުތައް ހިމެނޭ ގޮތަށް، ރާއްޖޭގެ 25އަށް ވުރެ ގިނަ ލަގްޒަރީ ރިސޯޓުތަކަށް މަހާސް ޓިމްބަރއިން ލަކުޑިއާއި ފަރުނީޗަރު ފޯރުކޮށްދޭއިރު، މި އަހަރު އެ ކުންފުނިން ވަނީ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށްދިނުމަށް އަޒުމު ކަނޑައަޅައިފައެވެ. އެގޮތުން މި އަހަރު މަހާސް ޓިމްބަރގެ ޓީމުން ރިސޯޓުތަކަށް ގޮސް، އިންސްޓެލޭޝަންގެ ޚިދުމަތް ދިނުން ވެސް ވަނީ ފަށައިފައެވެ.

"މިސާލަކަށް ރިސޯޓުން ބޭނުންވަނީ ޖެޓީއެއް، ވޯކްވޭއެއް ހަދަން. ބޭނުންވީމަ އޭގެ އިންސްޓަލޭޝަންއާއެކު އަޅުގަނޑުމެން ގޮސް އެ މަސައްކަތްކޮށްދެނީ،" ހުޒާމް ވިދާޅުވިއެވެ.

މަހާސް ޓިމްބަރއިން ކޮށްފައިވާ މަސައްކަތެއް: އެ ކުންފުނިން އިސްކަން ދެނީ ދެމެހެއްޓެނިވި ގޮތެއްގައި ހޯދައިފައިވާ ލަކުޑި ބޭނުންކުރުމަށް -- ފޮޓޯ/ މަހާސް ޓިމްބަރ

މަހާސް ޓިމްބަރގެ އޮފީސްތައް މިހާރު ހޮންކޮންގްއާއި ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލް ކަމަށްވާ ދުބާއީގައި ހުޅުވައިފައިވާއިރު، އެ ކުންފުނީގެ އުއްމީދަކީ، ދެމެހެއްޓެނިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުން ޒިންމާދާރުކަމާއެކު ކޮންމެ އުފެއްދުމެއް ވެސް ވުޖޫދަށް ގެނައުމަކީ މުޅި މުޖުތަމައުން އިސްކަންދޭ ކަމަކަށް ހެދުމެވެ.

"އެއީ އިޖުތިމާއި ޒިންމާއެއް، ދުނިޔޭގެ ކޮންމެ ވަސީލަތެއް ވެސް ޒިންމާދާރު ގޮތެއްގައި ބޭނުންކުރަން ޖެހޭ ކަމުގެ ހޭލުންތެރިކަން އުފެދި، ކޮންމެ އެއްޗަކީ ވެސް ވަރަށް ޒިންމާދާރު ގޮތަކަށް ބޭނުންކުރަން ޖެހޭ އެއްޗެއްކަން ބަލައިގަންނަން ޖެހޭ،" ކުންފުނީގެ ސީއީއޯ ވިދާޅުވިއެވެ.

މަހާސް ޓިމްބަރއިން ރާއްޖޭގައި ހުޅުވައިފައިވާ އޮފީހާއެކު ދެމެހެއްޓިނިވި މަސައްކަތްތަކުގެ ހޭލުންތެރިކަމަށް ފިޔަވަޅުތައް އަޅަން ނިންމައިފައިވާއިރު، އެއީ މުސްތަގުބަލުގެ ޖީލުތަކަށް ވެސް ފޯރުކޮށްދޭން ޖެހޭ ޒިންމާއެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.

comment ކޮމެންޓް