ކޭޓީ ޖައްވަށް ދިޔަކަން މަރާޔާއަށް އެނގުނީ އަދި ކިރިޔާ

ހޮލީވުޑްގެ އެންމެ މަގުބޫލު ތަރީންގެ ތެރޭގައި ހިމެނޭ ކޭޓީ ޕެރީ މި އަހަރު ކުރީކޮޅުގައި ޖައްވަށް ދިޔަކަން، ޕޮޕް އައިކަން މަރާޔާ ކޭރީއަށް އެނގުނީ އިހަށް ދުވަހު ކަމަށް އޭނާ ހާމަކޮށްފިއެވެ.

އެމޭޒަންގެ ސީއީއޯ ޖެފް ބޭޒޯސްގެ ސްޕޭސް ޓުއަރިޒަމް ޕްރޮގްރާމްގެ ދަށުން އުފެއްދި ބްލޫ އޮރިޖިންގައި އިތުރު ފަސް އަންހެނުންނާ އެކު ކޭޓީ ޖައްވަށް ގޮސްފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

ޓެކްސަސްގެ ހުޅަނގުގެ ރޮކެޓް ލޯންޗް ސައިޓުން ނައްޓާލި މި އުޅަނދު ދުނިޔެއާ 100 ކިލޯމީޓަރު ދުރަށް ދަތުރުކޮށްފައިވެއެވެ. މި ވާހަކަވީ އެ ދުވަސްވަރު އެންމެން އެންމެ ގަދައަށް ދެއްކި ވާހަކައަށެވެ. މި ކަންތައް ނޭނގޭ މީހެއް އެ ދުވަސްކޮޅުގައި ނެތެވެ. މުޅި އިންޓަނެޓު ފުރާލެވިފައިވަނީ މި ވާހަކައިންނެވެ.

ނަމަވެސް، ހޮލީވުޑްގެ މިއުޒިކް އިންޑަސްޓްރީގެ އެންމެ ނުފޫޒުގަދަ އެއް ތަރި ކޭރީއަށް މި ކަމެއް ނޭނގެއެވެ. އޭނާއަށް މިކަމެއް އެނގުނީ އިހަށް ދުވަހަކު ކަމަށް ވެސް އޭނާ ދާދި ފަހުން ހާމަކޮށްފައިވެއެވެ.

އޭނާއަށް މިކަން އެނގުނީ އިންޓަވިއުއެއްގެ ތެރެއިންނެވެ. ބީބީސީ ރޭޑިއޯ ޝޯއަށް ދިން އިންޓަވިއުއެއްގައި އޭނާއާ ސުވާލު ކޮށްފައިވަނީ ކޭޓީއާ އެއްގޮތަށް ޖައްވަން ދާން ބޭނުންތޯއެވެ. ނަމަވެސް، މަރާޔާ އަހަނީ ކޭޓީ ޖައްވަށް ދިޔަތޯއެވެ. އަދި، މިއީ ތެދު ވާހަކައެއްތޯ ވެސް އޭނާ އަހައެވެ.

އެންމެ ފަހުން އެކަމަށް ރައްދެއް ދެމުން އޭނާ ބުނެފައިވަނީ ކޭޓީގެ ދަތުރަށް ތައުރީފުކުރާ ކަމަށެވެ. އެހެންނަމަވެސް އޭނާ އެފަދަ ދަތުރެއް ނުކުރާނެ ކަމަށް ވެސް މަރާޔާ ބުނެއެވެ.

މަރާޔާ ބީބީސީއަށް ދިން އިންޓަވިއު އަދި ޕޯސްޓު ކޮށްފައެއް ނުވެއެވެ. އެއާއެކު މި ވާހަކަ އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރީ އޭނާއަށް މައުލޫމާތު ލިބުނު ގޮތުގެ ސަބަބުންނެވެ.

comment ކޮމެންޓް