ތާރީޚު ފުށުއަރާތީ ޓޫއޮފްއަސް އިޚްތިޔާރުކުރީ ބްރިޓަންސް ގޮޓް ޓެލެންޓް!

ޓޫ އިފް އަސް ބޭންޑް އިންޑިއާސް ގޮޓް ޓެލެންޓްގައި: ފުރަތަމަ އޮޑިޝަނަށްފަހު ދެވަނަ ބުރުގެ ތާރީޚު ފުށުއަރާތީ ޓޫއޮފްއަސް އިޚްތިޔާރުކުރީ ބްރިޓަންސް ގޮޓް ޓެލެންޓް --

ބްރިޓަންސް ގޮޓް ޓެލެންޓްއާއި އިންޑިއާސް ގޮޓް ޓެލެންޓްގެ ތާރީޚުތައް ފުށުއަރާތީ ދިވެހި ބޭންޑު، ޓޫއޮފްއަސް އިން 'ބްރިޓަންސް ގޮޓް ޓެލެންޓް'ގައި ވާދަކުރުމަށް އިޚްތިޔާރުކޮށްފިއެވެ.

ޓޫއޮފްއަސްއިން ވަނީ، އިންޑިއާސް ގޮޓް ޓެލެންޓް ސީޒަން 11އިގެ ލައިވް އޮޑިޝަންތަކުގައި ބައިވެރިވުމަށް މިދިޔަ ހުކުރު ދުވަހު އެ ގައުމަށް ފުރައިފައެވެ. އޭރު ބްރިޓަންސް ގޮޓް ޓެލެންޓުގެ 19ވަނަ ސީޒަންގައި ބައިވެރިވުމަށް އެ ބޭންޑު ވަނީ ޝޯޓް ލިސްޓުކޮށްފައެވެ.

ކާމިޔާބު އޮޑިޝަނަކަށް ފަހު ޓޫއޮފްއަސްއަށް ކުރިމަތިވީ ވަރަށް ތަފާތު 'ވަންސް އިން އަ ލައިފްޓައިމް' ޗޮއިސްއަކާއެވެ. އެއީ ބްރިޓަންސް ގޮޓް ޓެލެންޓް ނުވަތަ އިންޑިއާސް ގޮޓް ޓެލެންޓްގައި ބައިވެރިވުމުގެ އިޚްތިޔާރެވެ. އެއީ އެ ދެ މުބާރާތުގެ ކުރިއަށް އޮތް ބުރުތައް އެއް ތާރީޚަކަށް ތާވަލުކޮށްފައި އޮތުމުންނެވެ.

ޓޫއޮފްއަސްއިން ނިންމީ، ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޓެލެންޓް މުބާރާތް ކަމަށްވާ ބްރިޓަންސް ގޮޓް ޓެލެންޓްގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށެވެ.

އެކަމާ ގުޅޭގޮތުން ޓޫއޮފްއަސްގެ ލީޑް ލަވަކިޔުންތެރިޔާ، އަހުމަދު އަދުހަމް (އަދޫ) ބުނީ އެއީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. އެ ދެ ޕްލެޓްފޯމުން ފުރުސަތު ލިބުމަކީ ވެސް ގަބޫލުކުރަން ދަތި ކަމެއް ކަމަށް އޭނާ ބުންޏެވެ.

އެކަމަކު ބްރިޓަންސް ގޮޓް ޓެލެންޓްއިން އަޅުގަނޑުމެންނަށް ދިވެހި ހުނަރު ހަގީގަތުގައި ވެސް ދުނިޔޭގެ އޯޑިއަންސަކަށް ދައްކާލުމުގެ ފުރުސަތު އެބައޮތް. އަޅުގަނޑުމެންގެ މުޅި ބޭންޑުން އެއްބަސްވީ މިއީ އަޅުގަނޑުމެންގެ މިއުޒިކާއި ގައުމު، މުޅި ދުނިޔެއަށް ދައްކުވައިދޭންވީ ވަގުތު ކަމަށް، އަހުމަދު އަދުހަމް (އަދޫ)

ޓޫއޮފްއަސްއިން ބްރިޓަންސް ގޮޓް ޓެލެންޓްގައި ބައިވެރިވުމަކީ، ދިވެހި މިއުޒިކުގައި އަންނަން އޮތް ޖީލުގެ އާޓިސްޓުންނަށް ވެސް ހިތްވަރަކަށް ވާނެ ކަމަށް އެ ބޭންޑުން އުއްމީދުކުރެއެވެ.

އެ ބޭންޑުން ވަނީ އެ މީހުންގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރި ސަޕޯޓަރުންނާއި ސްޕޮންސަރުންނަށް ޝުކުރު އަދާކޮށްފައެވެ. އަދުހަމް ބުނި ގޮތުގައި އެ ބޭންޑުން ކުޅޭ ކޮންމެ ނޯޓަކާއި، ކިޔާ ކޮންމެ ލަވައެއް ވެސް ޚާއްސަކޮށްފައިވަނީ ރާއްޖެއަށެވެ.

https://sun.mv/209672

ޓޫ އޮފް އަސް ބޭންޑުގައި ހިމެނެނީ އަދޫގެ އިތުރުން ޢަބްދުالله ޝަމްރޫޚާއި މުޙައްމަދު ނަސޫހު ބިން ނަސްރުއްދީނާއި އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ)އާއި އަޙްމަދު ޖަޝީމެވެ.

މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްކަން ހޯދުމަށްފަހު، ޓޫ އޮފް އަސްއިން އަންނަނީ ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ވެސް މަޝްހޫރުކަން ހޯދައި، ރާއްޖޭގައި ވެސް ބޭރުގެ ބޭންޑުތަކަށް ދޫނުކުރާނެ ފަދަ ހުނަރުވެރިން ތިބިކަން ދައްކަމުންނެވެ.

ޓޫ އޮފް އަސްއަކީ ރާއްޖެއާއި ބޭރުގެ މިއުޒިކާއެކު ލަވަތައް ހުށަހަޅައިދޭ ފިއުޝަން ބޭންޑެއް ކަމަށްވާއިރު، އެ ބޭންޑުން ތައްޔާރުވަމުން އަންނަނީ ރާއްޖޭގެ މިއުޒިކްގެ މުއްސަނދިކަން ދުނިޔެއަށް ދައްކާލުމަށެވެ. އެ ބޭންޑުގެ އުންމީދަކީ ބައިނަލްއަގުވާމީ ސްޓޭޖެއްގައި ވާދަކުރުމުގެ އިތުރުން، ދިވެހި އެހެން ޒުވާނުންނަށް ވެސް އެފަދަ ފުރުސަތުތައް ހޯދަން ހިތްވަރުދިނުމެވެ.

comment ކޮމެންޓް