ހުވާކުރާ މަޖިލީހުގައި ބައިވެރިވެފައި ވާނަމަ ބަލަން ޖެހޭނީ ހުވާކުރި މީހެއް ގޮތުގައި: ކުރީގެ އުއްތަމަ ފަނޑިޔާރު

ފުލުހުންގެ ޚިދުމަތާ ގުޅުނު ފުލުހުން ހުވާކުރަނީ -- ފޮޓޯ/ މޯލްޑިވްސް ޕޮލިސް ސާވިސް

ޖަމާއަތުގައި ހުވާކުރާ މީހުން، ހުވާކުރާ މަޖިލީހުގައި ބައިވެރިވެ، އެ ހުވާ ކުރުމަށް އިންކާރުކޮށްފައި ނުވާނަމަ، ބަލަންޖެހޭނީ ހުވާކުރި މީހެއްގެ ގޮތުގައިކަމަށް ކުރީގެ އުއްތަމަ ފަޑިޔާރު އަޙްމަދު ފާއިޒު މިރޭ ވިދާޅުވެއްޖެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ފުލުހަކު އޭނާގެ ވަޒީފާގެ ހުވާ ނުކިޔާ ކަމަށް ބުނި މައްސަލައިގައި، ދައުލަތުގެ ހުވާކުރަންޖެހޭ މަގާމުތަކާއި ވަޒީފާތަކުގެ އުސޫލުތައް ހަރުދަނާކުރަން ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް ހައި ކޯޓުގައި ބުނެފައިވަނިކޮށެވެ.

ޖަމާއަތުގައި ހުވާކުރާ މީހުން، ހުވާކުރާ މަޖިލީހުގައި ބައިވެރިވެފައި ވާނަމަ އަދި ހުވާކުރުމަށް އެ މަޖިލީހުގައި އިންކާރުކޮށްފައި ނުވާނަމަ، ޟިމްނީ ގޮތެއްގައި ބަލަން ޖެހޭނީ ކޮންމެ މީހަކީ ވެސް ހުވާކުރި މީހެއް ގޮތުގައި

ފާއިޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ވެސް ޖަމާއީގޮތެއްގައި ހުވާކުރާ މީހުން ތިބޭ މަޖިލީހެއްކަމަށާއި، ހުވާ އަކީ ލައިދޭ އެއްޗެއް ކަމަށެވެ. މިކަމަށް އިތުރު ފުރިހަމަ ކަމެއް ބޭނުންވާނަމަ، ހުވާ ލައިދިނުމުގެ ކުރިން، އިންކާރު ކުރާ މީހެއް ހުރިތޯ ސުވާލުކޮށްލުން ރަނގަޅުކަމަށް ފާއިޒް ލިޔުއްވާފައި ވެއެވެ.

އީ ސިނގިރޭޓު ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރި ވަގުތު، މަސްތުވާތަކެތި ފެނުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 11ވަނަ ދުވަހު ފުލުހުން ހައްޔަރުކުރީ ތިނަދުއަށް ނިސްބަތްވާ މުހައްމަދު ސާޖިދެވެ.

https://sun.mv/209907

ޝަރީއަތުގެ މަޖިލީހުގައި އޭނާ ބުނީ، ވަޒީފާގެ ހުވާ ލައިދޭ މަޖިލީހުގައި ބައިވެރިވިކަމަށާއި، ހުވާ ލައިދިން ވަގުތުގައި ހުވާ ނުކިޔާކަމަށެވެ.

މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައިވަނީ، ހުވާކުރުމާ ގުޅޭގޮތުން ޝަރީއަތުގައި ދެކެވުނު ވާހަކަތަކުގެ އަލީގައި، ހުވައެއްކުރަންޖެހޭ ދައުލަތުގެ މަގާމުތަކުގައި ހިމެނޭ މީހުން ވަޒީފާގެ ހައިސިއްޔަތުން ކުރަންޖެހޭ ހުވަޔާއި، ހުވާގެ އިގުރާރުގައި ސޮއިކުރުމުގެ ގާނޫނީ ނަތީޖާ ސާފުވާ ގޮތުގެމަތިން، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމާ ގުޅުންހުރި ދައުލަތުގެ ސިޔާސަތުތަކާއި، އުސޫލުތައް އިތުރަށް ހަރުދަނާކުރުމުގެ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ފާހަގަކޮށްފައެވެ.

comment ކޮމެންޓް