އުރީދޫ ފަން ރަންގެ ބައިވެރިންނަށް އަމާޒުކޮށް ޚާއްސަ ލަކީޑްރޯއެއް ބާއްވާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން އިއުލާންކޮށްފިއެވެ.
އުރީދޫއިން ބުނީ ފަން ރަންގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް އޮޓަމެޓިކުން މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އުރީދޫއިން ބުނީ މި ލަކީޑްރޯއިން ހޮވާލެވޭ ނަސީބުވެރި ތިން މީހަކަށް، ސްރީލަންކާގެ ކޮލޮމްބޯއަށް ދަތުރު ކުރާ ފްލައިޓް ޓިކެޓެއް ފިޓްސް އެއާގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ނަސީބުވެރި އެކަކަށް ބޫޓްރޫމްގެ އެކްސްކްލޫސިވް ގިފްޓް ހެމްޕަރެއް ލިބޭނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ. އޭގެ ތެރޭގައި ފުޓްބޯޅަ ބޫޓާއި ޖާޒީ އާއި ސްނޯކަލް ކިޓްގެ އިތުރުން ވެސް ގިނަ އިނާމުތަކެއް ހިމެނޭ ކަމަށް އުރީދޫއިން ބުންޏެވެ.
އެ ލަކީޑްރޯ ލައިވްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކުގައި ހުންނަ އުރީދޫ ފަން ރަން ސްޓޭޖުގައެވެ.
އުރީދޫ ފަން ރަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.