މި ރޯދަ މަހު 10 ރަށެއްގައި އިޙްޔާ ފޯރަމް؛ ހާޒިރުވާ މީހުންގެ މެދުގައި ގުރު ނަގައި ހަދިޔާ ދޭނެ

ނިމިދިޔަ އަހަރުގެ ރޯދަމަހު ބޭއްވުނު އިޙްޔާ ފޯރަމްގެ ތެރެއިން --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ ރަމަޟާން މަހު ޖުމްލަ 10 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓްރީން ބުނީ މި އަހަރުގެ އިޙްޔާ ފޯރަމްތައް ބާއްވާނެ ރަށްތައް ނިންމައިފައިވަނީ، އެކަމަށް އެދި ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ވަރަށް ފުރިހަމައަށް ރިޢާޔަތްކުރުމަށް ފަހުގައި ކަމަށެވެ.

އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭނީ:

  • ތިނަދޫ ސިޓީ
  • ތ. ދިޔަމިގިލި
  • ގދ. މަޑަވެލި
  • ގދ. ގައްދޫ
  • ހއ. އިހަވަންދޫ
  • ޅ. ނައިފަރު
  • ކ. ހިންމަފުށި
  • ކ. ގުރައިދޫ
  • ލ. މާވަށް
  • ރ. މީދޫ

ނިމިދިޔަ އަހަރުގެ ރޯދަމަހު ބޭއްވުނު އިޙްޔާ ފޯރަމްގެ ތެރެއިން --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިނިސްޓްރީން ބުނީ މި ސިލްސިލާ ފޯރަމްތަކުގެ މައިގަނޑު މަގުސަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ބަރަކާތްތެރި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ. މީގެ އިތުރުން، މި އަހަރުގެ އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ނަސީބުވެރިންނަށް އަގުހުރި ޚާއްސަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައި ވާކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީން ވަނީ ފޯރަމްތަކުގެ ތާވަލުވެސް އާންމުންނަށް ފެންނާނޭހެން އާންމުކޮށްފައެވެ. އެގޮތުން:

ފޯރަމް 1 : ތ. ދިޔަމިގިލި

3 ރަމަޟާން 1447 (20 ފެބްރުއަރީ 2026، ހުކުރު):

މައުޟޫއު: ރަމަޟާން މަހުގެ މާތްކަން

ޢިލްމުވެރިޔާ: އައްޝައިޚް ޢާޒިމު ޙާލިދު

ފޯރަމް 2 : ގދ. ތިނަދޫ

6 ރަމަޟާން 1447 (23 ފެބްރުއަރީ 2026، ހޯމަ):

މައުޟޫއު: އަޅުކަންތަކުގައި އެކުލެވޭ ޢިބުރަތްތައް

ޢިލްމުވެރިޔާ: އައްޝައިޚް ޢުސާމް މުޙައްމަދު ސަޢީދު

ފޯރަމް 3 : ރަށް: ގދ. މަޑަވެލި

7 ރަމަޟާން 1447 (24 ފެބްރުއަރީ 2026، އަންގާރަ):

މައުޟޫއު: ޤުރްއާނުގެ އުންމަތް

ޢިލްމުވެރިޔާ: އައްޝައިޚް ޢަބްދުﷲ މިފްޒާލު

ފޯރަމް 4 : ގދ. ގައްދޫ

8 ރަމަޟާން 1447 (25 ފެބްރުއަރީ 2026، ބުދަ):

މައުޟޫއު: ނަބަވީ މަދަރުސާ: އުނގަންނައި ދިނުމުގެ ލާމަސީލު ނަމޫނާ

ޢިލްމުވެރިޔާ: އައްޝައިޚް މުޙައްމަދު އިމްތިތާޢު

ފޯރަމް 5 : ހއ. އިހަވަންދޫ

10 ރަމަޟާން 1447 (27 ފެބްރުއަރީ 2026، ހުކުރު):

މައުޟޫއު: މައިންބަފައިންނާއި ދަރިންގެ ގުޅުން – ހުސްކަން ނައްތާލުން

ޢިލްމުވެރިޔާ: އައްޝައިޚް މުޙައްމަދު ސާމީ

ފޯރަމް 6 : ރަށް: ޅ. ނައިފަރު

14 ރަމަޟާން 1447 (3 މާރޗު 2026، އަންގާރަ):

މައުޟޫއު: ހިތުގެ ހަމަޖެހުން

ޢިލްމުވެރިޔާ: އައްޝައިޚް މުޠީޢު އިސްމާޢީލު

ފޯރަމް 7 : ކ. ހިންމަފުށި

15 ރަމަޟާން 1447 (4 މާރޗު 2026، ބުދަ):

މައުޟޫއު: އަޅުކަން މަޤުބޫލުވުން

ޢިލްމުވެރިޔާ: އައްޝައިޚް ޙަސަން ތަޢުފީޤު

ފޯރަމް 8 : ކ. ގުރައިދޫ

17 ރަމަޟާން 1447 (6 މާރޗު 2026، ހުކުރު):

މައުޟޫއު: އިންސާނާއަށް ދެއްވާފައިވާ ނިޢުމަތްތަކާ މެދު ސުވާލުވެވޭނެ

ޢިލްމުވެރިޔާ: އައްޝައިޚް އަޙްމަދު މަޢުމޫން

ފޯރަމް 9 : ލ. މާވަށް

20 ރަމަޟާން 1447 (9 މާރޗު 2026، ހޯމަ):

މައުޟޫއު: ފާފައިގެ އަޡަރު – ދުނިޔެއާއި އާޚިރަތުގައި

ޢިލްމުވެރިޔާ: އައްޝައިޚް ޢަޠީފް އަބޫބަކުރު

ފޯރަމް 10 : ރ. މީދޫ

22 ރަމަޟާން 1447 (11 މާރިޗު 2026، ބުދަ):

މައުޟޫއު: ދީނުގައި ސާބިތުވުން

ޢިލްމުވެރިޔާ: އައްޝައިޚް ޢަލީ ޝަހީދު

comment ކޮމެންޓް