ރޯދަ މަހަށް، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް މާރުކޭޓެއް ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޯދަ މަހަށް މާރުކޭޓެއް ހުޅުވުން ---- ފޮޓޯ/ އެޗްޑީސީ

ރޯދަ މަހަށް ޚާއްސަކޮށް، ހުޅުމާލެ ދެވަނަ ފިޔަވަހީގައި މާރުކޭޓެއް މިއަދު ހުޅުވައިފިއެވެ.

ރޯދަ މާރުކޭޓުގެ ނަމުގައި ހުޅުވި މި ތަނަކީ، މި ރޯދަ މަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަރައްގީކުރި ތަނެއް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ބުނެފައެވެ.

އެގޮތުން އެ މާރުކޭޓުން، މަހުގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީއާއި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތައް ލިބެން ހުންނާނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ފަސޭހަ ވާނެހެން، އެ މާރުކޭޓު ގާއިމްކޮށްފައިވަނީ ވިނަރެސް ޓަވަރު އަށަކާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް ދޭތެރޭގައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މާރުކޭޓެއް ހުޅުވިއިރު، ރޯދަ މަހާ ދިމާކޮށް ދަނޑުވެރިން ހައްދާ ތަކެތި، ފަސޭހައިން ވިއްކޭނެ މަގު ފަހި ކުރުމުގެ ގޮތުން ދަނޑުވެރިކަމާ ބޭހޭ ވުޒާރާއިން ވަނީ މާލޭގައި ވަގުތީ މާރުކޭޓެއް ހުޅުވާފައެވެ.

https://sun.mv/218092

ހަ ރޯދައާ ހަމައަށް އެ މާރުކޭޓު ބާއްވާއިރު، ބޭރުން އެތެރެ ކުރާ އެއްވެސް ބާވަތެއް ނުވިއްކާނެ ކަމަށާއި، ވިއްކާނީ ރާއްޖޭގެ އެކި ދަނޑުތަކުގައި ހައްދާ ބާވަތްތައް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް