އެޑްވަޓޯރިއަލް: އެމްއައިބީން 15 އަހަރުތެރޭ ރާއްޖޭގެ އިގުތިސާދަށް އިންގިލާބީ ބަދަލުތަކެއް

އެމްއައިބީއަށް 15 އަހަރު: ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެނެސްދިން ބޭންކެއް --

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ރާއްޖޭގައި އިސްލާމިކް ބޭންކިން ނިޒާމު މުޅިން އަލަށް ތައާރަފުކޮށް، ޒަމާނީ ޓެކްނޯލޮޖީއާ އެއް ހަމައެއްގައި އެ ޚިދުމަތްތައް ތަރައްގީކޮށް ކުރިއަރުވަމުން ގެންދާތާ 15 އަހަރުވެއްޖެއެވެ.

އެމްއައިބީއިން ބުނީ, 2011 ވަނަ އަހަރު އެ ބޭންކުން، ރާއްޖޭގައި ފުރަތަމަ އަދި ހަމައެކަނި ފުލީފްލެޖްޑް އިސްލާމިކް ބޭންކުގެ ގޮތުގައި ދަތުރު ފެށީ ސާފު އަމާޒަކާ އެކުގައި ކަމަށެވެ.

އެމްއައިބީއިން ބުނީ, އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތައް ބޭންކިން ހައްލުތަކެއް ތައާރަފުކޮށް، އެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދީ، ބޭންކުން ކަސްޓަމަރުންގެ އަޑު އަހައި، އެއާ އެއްގޮތައް ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ވެސް ފޮނި ކަމަށެވެ.

ފާއިތުވި 15 އަހަރު ދުވަހުގެ ތެރޭގައި އެމްއައިބީއަކީ، ރައްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވަކިވަކި ފަރުދުންނާއި، އާއިލާތަކާއި، ވިޔަފާރިވެރިންނާއި، ވިޔަފާރިތަކަށް އިތުބާރު ހިފޭ މާލީ ބައިވެރިއަކަށްވެފައިވާ ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.

އެގޮތުން އެ ބޭންކުން، ފައިސާ އޭޓީއެމްއާއި ފައިސާ ކާޑު އަދި ޕީއޯއެސްގެ ޚިދުމަތްތަކާއެކު ފެށި ދަތުރު އިތުރަށް ފުރިހަމަވެފައިވަނީ އިންޓަނެޓް ބޭންކިން (ފައިސާނެޓް) އަދި މޮބައިލް ބޭންކިން (ފައިސާމޮބައިލް) ފަދަ ޚިދުމަތްތައް ތައާރަފުކޮށް، އެ ޚިދުމަތްތައް ޒަމާނާ އެއްހަމަކުރަން ފެށި މަސައްކަތުންކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

އެ ބޭނަކުން ބުނީ ބޭންކުގެ ޚިދުމަތް ފެށިތާ މަދު އަހަރުތަކެއްގެ ތެރޭގައި ބޮޑެތި އާބާދީ އޮންނަ ތަންތަނުގައި އެ ބޭނަކުގެ ބްރާންޗުތައް ހުޅުވައި ޚިދުމަތްތައް ދޭން ފެށުމަކީ، އަތޮޅުތެރޭގައި މާލީ ގޮތުން ލިބޭ ފުރުސަތުތައް ހަރުދަނާވެ، ރައްޔިތުންނާ ގާތުން އެ ޚިދުމަތްތައް ލިބުން ފަހިވި ކަމެއް ކަމަށެވެ.

މީގެ އިތުރުން އެ ބެންކުން ވަނީ 2019 ވަނަ އަހަރު ކާމިޔާބު އައިޕީއޯއަކަށް ފަހު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ޕަބްލިކް ލިމިޓެޑް ކުންފުންޏެއްގެ ގޮތުގައި ލިސްޓުކޮށް، ތާރީޚީ އިތުރު ހަރުފަތެއް ގިރާކޮށްފައެވެ.

ފާއިތުވި އަހަރުތަކުގައި އެމްއައިބީގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެޖެންޑާ ހަރުދަނާކޮށް އެ ކަންކަން ހާސިލުކުރާ ދުވެލި އެތައް ގުނައަކަށް ހަލުވިކޮށްފައި ވާކަމަށް އެ ބޭންކުން ބުނެއެވެ. އެގޮތުން، ވަގުތުން އެމްއައިބީ އެކައުންޓް ހުޅުވުމުން ފެށިގެން ވިޔަފާރިތަކުން މުވައްޒަފުންގެ މުސާރަ ޖަމާކުރުމާ ހަމަޔައް ވެސް ގޭގައި ތިބެގެން އެމްއައިބީގެ ޚިދުމަތްތައް ހޯދާލެވޭ ވަރަށް ބޭންކުގެ ޚިދުމަތްތައް ކުރިއަރާފައި ވާކަން އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.

މީގެ ތެރޭގައި އިންސްޓަންޓް އެކައުންޓް އޯޕަނިންއާއި، ފުލީ ޑިޖިޓަލް ބިޒްނަސް އެކައުންޓް އޯޕަނިންއާއި، ފައިސާ މޯބައިލް އެކްސްއާއި، އެޕްލައި ނައު އަދި އުޖާލާނައު ޕޯޓަލް ހިމެނޭކަން އެ ބޭންކުން ފާހަގަކުރެއެވެ.

އެމްއައިބީގެ އިތުރު ކާމިޔާބީތަކަށްބަލާއިރު އެ ބޭންކުން ވަނީ ވިސާ ޑެބިޓް، ވިސާ ޕްލެޓިނަމް، ވިސާ ބިޒްނަސް ޑެބިޓް، އަދި ސަޕްލިމެންޓަރީ ކާޑުގެ ޚިދުމަތް ތައާރަފުކޮށް، އެމްއައިބީ ގްލޯބަލް ޕޭ މެދުވެރިކޮށް އީ ކޮމާސް ކުރިއަރުވައި ދުނިޔޭގެ ކޮންމެ ތާކުންވެސް ޚިދުމަތް ލިބިގަތުމުގެ މަގު ކަސްޓަމަރުންނަށް ފަހި ކޮއްދީފައެވެ.

ހަމައެއާއެކު އިންކްލޫސިވް އަދި ސަސްޓެއިނަބަލް ފައިނޭންސްގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްލުމާއެކު އެމްއައިބީން ވަނީ ހަކަތަރި ލޭބަލް ޖަހާފައިވާ އުފެއްދުންތަކަށް ކުޑަ އަގެއްގައި ފައިނޭންސިން ތައާރަފުކޮށްފައެވެ.

ހަމައެއާއެކު ޙައްޖު ސޭވިންގްސް އެކައުންޓާއި، 18 އަހަރުން ދަށުގެ ކުދިންނަށް ބިންގާ އެކައުންޓް ޕޯޓްފޯލިއޯ ތައާރަފުކޮށްފައިވެއެވެ. އަދި އެމްއައިބީ އެކައުންޓަށް މުސާރާ ޖަމާކޮށްގެން މިބް9 ކްލަބްގެ މެންބަރަކަށްވެ ޑިސްކައުންޓްތަކާއި އެކްސްލޫސިވް އޮފާތައް ލިބުމުގެ ފުރުސަތު އެމްއައިބީން ފަހިކޮށްދީފައިވެއެވެ.

އެމްއައިބީން ތައާރަފުކޮށްފައިވާ މަގުބޫލު ބައެއް އިތުރު ޕްރޮޑަކްޓްތަކަށް ބަލާއިރު ފައިސާ ވެއާ ރިންގާއި، ޓެގާއި، އުޖާލާ ފައިނޭންސިންގެ އިތުރުން ބިންގާ ކާޑު ހިމެނެއެވެ. މިއިން ކޮންމެ ޕްރޮޑަކްޓަކީވެސް އޭގެ ޒާތުގައި ވަރަށް ތަފާތު ޕްރޮޑަކްޓްތަކެއްކަން އެ ބޭންކުން ފާހަގަކުރެއެވެ. ޚާއްސަކޮށް ފައިސާ ވެއާ ޕްރޮޑަކްޓްތަކަކީ ކޮންވީނިއެންޓް އަދި ބޭނުންކޮށްލަން އެހާމެ ފަސޭހަ ޕްރޮޑަކްޓްތަކެއް ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

ވޭތުވެދިޔަ 15 އަހަރެކޭ އެއްގޮތަށް، މުސްތަގުބަލުގައި ވެސް އެމްއައިބީން މަސައްކަތްކުރާނީ ކަސްޓަމަރުންގެ އަޑު އަހައި އެއާ އެއްގޮތައް ޚިދުމަތް ބައްޓަންކޮށްގެން ކުރިޔަށްދިޔުމަށް ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

އެމްއައިބީގެ ކާމިޔާބީގެ އަސްލަކީ އެ ބޭންކުގެ ކަސްޓަމަރުންކަން އެ ބެންކުން ފާހަގަކުރެއެވެ. އަދި އެންމެ 10 މިލިއަން ޑޮލަރުން ފަށައި، އެއް ބިލިއަން ޑޮލަރަށް 15 އަހަރުތެރޭ ބޭންކު ފުޅާވުމަކީ ކޮންމެ ދިވެއްސަކު ވެސް ފަޚުރުވެރިވުން ހައްގު ކާމިޔާބީއެއްކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް