މަހުދީގެ މަރު: ޕްރޮޓޯކްލްތައް ތަންފީޒުކުރެވުނުތޯ ޑިފެންސް މިނިސްޓަރާ ސުވާލުކުރަނީ

މަހުދީގެ މަރު: ޕްރޮޓޯކްލްތައް ތަންފީޒުކުރެވުނުތޯ ޑިފެންސް މިނިސްޓަރާ ސުވާލުކުރަނީ --- ސަން ފޮޓޯ

ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފްއިން ހިންގި ސާޗް އޮޕަރޭޝަނުގެ ތެރޭގައި، ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ މަރުވި ހާދިސާގައި ޕްރޮޓޮކޯލްތައް ތަންފީޒުކުރެވުނުތޯ ޑިފެންސް މިނިސްޓަރާ ސުވާލުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފިއެވެ.

މަހުދީގެ މަރުގެ މައްސަލައާއި ގުޅިގެން ކުޑޫ ވަނީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާ ސުވާލުކުރުމަށް ހުށަހަޅުއްވައިފައެވެ.

ކުޑޫ ވަނީ ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޓޫރިސްޓުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް ހާލުދެރަވެ، ނިޔާވި ސިފައިންގެ އޮފިސަރުގެ މައްސަލައިގައި އެފަދަކަންކަން ކުރުމަށް ސިފައިންގެ އޮންނަ ޕްރޮޓޮކޯލްތަކަށް އަމަލުކޮށްފައިވޭތޯއާއި އެ ޕްރޮޓޮކޯލްތަކަކީ ކޮބައިތޯ ސުވާލު އުފައްދަވައިފައެވެ.

އަދި އެފަދަ މައްރުތައް ބެލުމުގައި ސިފައިންގެ އިންޓާނަލް ޕްރޮޓޮކޯލެއްް އޮވޭތޯއާއި އެ މަރުހަލާރަކަކީ ކޮބައިތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ.

ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފްއިން ހިންގި އޮޕަރޭޝަނުގައި ހާލުދެރަވެ މަހުދީ މަރުވީ މިދިޔަ ހޮނިހިރު ދުވަހު މެންދުރުފަހެވެ.

https://sun.mv/222067

ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް އޭނާ މާލެ ގެނައީ އެ ދުވަހުގެ މެންދުރުފަހު 15:00 ހާއިރުގައެވެ.

ފުލުހުން މިއަދު ވަނީ މަހުދީ މަރުވި ހާދިސާ އެ އިދާރާއިން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.

https://sun.mv/222283

މި ހާދިސާ ހިނގި ގޮތާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިޓަލީގެ ފަތުރުވެރިން ހޯދުމަށް މިއަދު ކުރިއަށްދިޔަ ރެސްކިއު އޮޕަރޭޝަނުގައި ޖުމްލަ އަށް ޑައިވަރުން މޫދަށް ފޭބި ކަމަށެވެ. ނަމަވެސް، ޑައިވަރުން މައްޗަށް އެރިއިރު އޭގެ ތެރޭގައި މަހުދީ ނެތްކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މަހުދީ މައްޗަށް ނޭރުމުން، އެ ސަރަޙައްދުގައި ހަރަކާތްތެރިވި އެހެން ޑައިވަރުން ވަގުތުން އަލުން މޫދަށް ފައިބައި އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި، މަހުދީ ފެނުނުއިރު އޮތީ ޚަބަރު ހުސްވެފައެވެ.

އެއާއެކު މެންދުރުފަހުގެ ވަގުތެއްގައި މަހުދީ މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލުގައި އަވަސް ފަރުވާ ދޭން ފެށި ނަމަވެސް، އިރުކޮޅެއްގެ ތެރޭގައި އޭނާ ނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ އިޢުލާންކޮށްފައެވެ.

ގެއްލިފައިވާ އިޓަލީގެ ފަތުރުވެރިންތަކެއް ހޯދުމަށް އެމްއެންޑީއެފްއިން ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއްގެ ތެރޭގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި މައްސަލައިގައި، ސިފައިންގެ ޕްރޮޓޮކޯލްތައް ފުރިހަމައަށް ތަންފީޒުކުރެވުނުތޯ ސާފުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވަނީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. މި ހުށަހެޅުމުގައި، މިފަދަ ނުރައްކާތެރި ހާދިސާތަކުގައި އަމަލުކުރާނެ އުސޫލުތަކަކީ ކޮބައިކަމާއި، މައްސަލަ ތަހުގީގުކުރުމަށް ސިފައިންގެ އެތެރޭގައި އޮންނަ އިންޓާނަލް ޕްރޮޓޮކޯލްތަކާ ގުޅޭގޮތުން މެމްބަރު ވަނީ މުހިންމު ސުވާލުތަކެއް އުފައްދަވާފައެވެ. މަހުދީ ނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ވ. އަތޮޅުގައި ހިންގި ޑައިވިންގ އޮޕަރޭޝަނެއްގައި ހާލު ދެރަވެގެން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި އަވަސް ފަރުވާދެމުން ދަނިކޮށެވެ. ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ހާމަކުރެއްވި ގޮތުގައި ޖުމްލަ އަށް ޑައިވަރުންނާއެކު ފެށި މި އޮޕަރޭޝަނުގައި މަހުދީ އަނބުރާ މައްޗަށް އަރާފައިނުވާކަން ފާހަގަކުރެވުމާއެކު، އެހެން ޑައިވަރުން ވަނީ އަލުން މޫދަށް ފައިބައި އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ. އަދި އޭނާ ފެނުނުއިރު އޮތީ ޚަބަރު ހުސްވެފައި ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުންވެސް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

  • ގެއްލުނު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ވަނީ ނިޔާވެފައި.
  • ހާދިސާގައި ސިފައިންގެ ޕްރޮޓޮކޯލްތަކަށް އަމަލުކުރިތޯ ބެލުމަށް ޑިފެންސް މިނިސްޓަރާ ސުވާލުކުރަން ވަނީ ހުށަހަޅާފައި.
  • މަހުދީ ފެނިފައިވަނީ ޑައިވިންގ އަށް ފޭބުމަށްފަހު މައްޗަށް ނޭރުމުން ހޯދަމުން ދަނިކޮށް ޚަބަރު ހުސްވެފައި އޮއްވާ.
  • މި މަރުގެ ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުން.
comment ކޮމެންޓް