މަރާމާތަށް "ބަނޑޭރިޕޭ ޕޯޓަލް" ގެ ޚިދުމަތް މެދުކަނޑާލަނީ

ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް: ބަނޑޭރިޕޭ ޕޯޓަލްގެ ޚިދުމަތް ވަނީ މަރާމާތައް މެދުކަނޑާލާފަ. -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސަރުކާރުގެ ޕޭމަންޓް ޕޯޓަލް، ބަނޑޭރިޕޭ މަރާމާތު ކުރުމުގެ މަސައްކަތެއް ކުރުމަށްޓަކައި، ކުރިއަށް އޮތް ހަފުތާ ބަންދުގައި އެ ޕޯޓަލްގެ ޚިދުމަތް މެދުކަނޑާލުމަށް ނިންމައިފިއެވެ.

މިކަން އާންމުކޮށް އެންގުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މަރާމާތުގެ މަސައްކަތެއް ކުރުމަށްޓަކައި، ބަނޑޭރިޕޭ ޕޯޓަލްގެ ޚިދުމަތް މެދުކަނޑާލާފައިވާ ކަަމަށެވެ. އަދި މި ޕޯޓަލްގެ ޚިދުމަތް މެދުކަނޑާލުމަށް ހަމަޖެހިފައި ވަނީ މިރޭ 8:00 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ރޭގެ ދަންވަރު 3:00 އާ ހަމައަށެވެ.

މި މުއްދަތުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ކުރިއަށްގެންދާ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަރާމާތަކީ ޕޯޓަލްގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކުރިއަށްގެންދާ މަރާމާތެއް ކަމަށް މިނިްސޓްރީން ބުނެއެވެ.

މި މަރާމާތުގެ މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި، ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

ބަނޑޭރިޕޭއަކީ ފިނޭންސް މިނިސްޓްރީން ތައާރަފްކޮށްފައިވާ، ދައުލަތުގެ އިދާރާތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ބަލައިގަންނަ ރަސްމީ ޕޯޓަލެކެވެ.

މި ޕޯޓަލްގެ މައިގަނޑު މަގްސަދަކީ ސަރުކާރުގެ އެކި އޮފީސްތަކުން ދޭ ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ ކަންކަން ލުއިފަސޭހަކޮށް، އެއް ފުރާޅެއްގެ ދަށުން އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

މި ޚިދުމަތް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކުން ނަގާ ތަފާތު ފީތަކާއި ޖޫރިމަނާ ދެއްކުމުގެ އިތުރުން، ފައިސާ ދެއްކި ކަމުގެ ރަސީދު ވަގުތުން ހޯދުމާއި ޕޭމަންޓް ސްޓޭޓަސް ޗެކްކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ. ފައިސާ ދެއްކުމުގައި ވިސާ އަދި މާސްޓަކާޑުގެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކުރެވެއެވެ.

ސަރުކާރުގެ ރަސްމީ ޕޭމަންޓް ޕޯޓަލް ކަމަށްވާ "ބަނޑޭރިޕޭ" އިތުރަށް ފުރިހަމަކޮށް މަރާމާތުކުރުމަށްޓަކައި، ކުރިއަށް އޮތް ހަފުތާ ބަންދުގައި އެ ޕޯޓަލްގެ ޚިދުމަތްތައް މެދުކަނޑާލުމަށް މިނިސްޓްރީ އޮފް ފިނޭންސުން ނިންމައިފިއެވެ. މި މުއްދަތުގެ ތެރޭގައި އެ ޕޯޓަލް މެދުވެރިކޮށް އެއްވެސް މުއާމަލާތެއް ނުކުރެވޭނެކަން އެ މިނިސްޓްރީން ވަނީ އާންމުކޮށް އަންގާފައެވެ. ބަނޑޭރިޕޭއަކީ ދައުލަތުގެ އެކި އިދާރާތަކަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ފަސޭހަކަމާއެކު އޮންލައިންކޮށް އެއް ޕްލެޓްފޯމަކުން ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައާރަފުކޮށްފައިވާ ނިޒާމެކެވެ. މި މަރާމާތުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ފިނޭންސް މިނިސްޓްރީން ވަނީ މައާފަށް އެދިފައެވެ. ```json

  • ބަނޑޭރިޕޭގެ ޚިދުމަތް މެދުކަނޑާލާނީ މިރޭ 8:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 3:00 އަށެވެ.
  • މިއީ ޕޯޓަލްގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކުރިއަށްގެންދާ މަރާމާތެކެވެ.
  • ޚިދުމަތް މެދުކަނޑާލާފައިވާ ވަގުތުތަކުގައި ޕޯޓަލް މެދުވެރިކޮށް ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެއެވެ.
  • ބަނޑޭރިޕޭއަކީ ވިސާ އަދި މާސްޓަކާޑު ބޭނުންކޮށްގެން ސަރުކާރުގެ އިދާރާތަކަށް ފައިސާ ދެއްކޭނެ ރަސްމީ ނިޒާމެވެ.
comment ކޮމެންޓް