ކައުންސިލްތަކާ މަޝްވަރާނުކޮށް ބިންތައް އަތުލުން ހުއްޓާލަން އެމްޑީޕީން ސަރުކާރަށް ގޮވާލައިފި

ސަވާހެލި: އެތަން އައްޑޫ ސިޓީގެ އިހުތިސާސްއިން ވަނީ ވަކިކޮށްފައި -- ފޮޓޯ: ޓައިމްސް އޮފް އައްޑޫ

ކައުންސިލްތަކަކީ އަމިއްލައަށް ކަންކަން ރާވައި ހިންގުމުގެ ގާނޫނީ ޖާގައާއި ބާރު ލާމަރުކަޒީ ގާނޫނުން ފަހިކޮށްދީފައިވާ ވަކި ގާނޫނީ ޝަޚުސެއް ކަމަށް ވާއިރު، ކައުންސިލްތަކާ މަޝްވަރާކުރުމެއް ނެތި ރައްޔިތުންގެ ބިންތައް އަތުލައި ތަރައްގީއަށް ހުރަސްއެޅުން ހުއްޓާލުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް މިއަދު ސަރުކާރަށް ގޮވާލައިފިއެވެ.

އެމްޑީޕީން މިގޮތަށް ގޮވައިލީ އައްޑޫ ފޭދުއާއި މަރަދޫފޭދޫ ކައިރީގައި އޮންނަ ސަވާހެލި، އެންޓަޓެއިންމަންޓް އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރަން ކައުންސިލުން ބީލަމަށް ހުޅުވާލާފައި ވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށް އައްޑޫގެ އިހްތިސާސުން ކުއްލި ގޮތަކަށް ވަކިކުރައްވާފައިވާތީއެވެ.

ރައީސް މުއިއްޒު އެ ރަށް އައްޑޫގެ އިހްތިސާސުން ކުއްލި ގޮތަކަށް ވަކިކުރެއްވުމާއެކު އެ ރަށް މިހާރު އޮންނާނީ ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ދަށުގައެވެ.

https://sun.mv/225009

މިކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސް ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިދީފައި ވަނީ ގާނޫނުގައި ކަނޑައަޅާފައިވާ އިންތަކުގެ ތެރެއިން ކަމަށެވެ. އަދި އެ ބާރު ބޭނުންކުރަން ވާނީ އެ ރަށެއްގެ ރައްޔިތުންގެ މަޝްވަރާއާ އެކުގައިކަން ލާމަރުކަޒީ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އެ ޕާޓީގެ ބަޔާނުގައި ފާހަގަކުރެއެވެ.

އެމްޑީޕީ ބަޔާނުގައި ބުނީ ކައުންސިލްތަކަކީ ވަކި ގާނޫނީ ޝަޚުސެއްކަމާއި އަމިއްލައަށް ކަންކަން ރާވާ ހިންގޭނޭ ގާނޫނީ ޖާގައާއި ބާރު ކައުންސިލްތަކަށް ފަހި ކޮށްދީފައިވާ ކަމަށެވެ. އަދި މިގޮތަށް އެކަން އޮތް ހިނދު ރައްޔިތުންގެ ސާފު އަޣުލަބިއްޔަތުން އިންތިޚާބުވެފައި އޮތް އައްޑޫ ސިޓީ ކައުންސިލުގެ ނިންމުންތަކަށް ސަރުކާރުން ބޯލަނބައި، ލާމަރުކަޒީ ގާނޫނަށް ފުރިހަމައަށް އިހުތިރާމްކޮށް، ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްގީ ގެނައުމުގައި ސަރުކާރުން ހުރަހަކަށް ވެގެން ނުވާނޭ ކަމަށެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގެ ތެރެއިން ލީޑަޝިޕްގެ އިސް ބޭފުޅުން -- ފޮޓޯ/ އެމްޑީޕީ

"ރައްޔިތުންގެ ސާފު އަޣުލަބިއްޔަތުން އިންތިޚާބުވެފައި އޮތް އައްޑޫ ސިޓީ ކައުންސިލުގެ ނިންމުންތަކަށް ސަރުކާރުން ބޯލަނބައި، ލާމަރުކަޒީ ގާނޫނަށް ފުރިހަމައަށް އިހުތިރާމްކޮށް، ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްގީ ގެނައުމުގައި، ޑރ. މުއިއްޒުގެ ނާގާބިލް ސަރުކާރުން ހުރަހަކަށް ނުވުމަށް މި ޕާޓީން ހަރުއަޑުން ގޮވާލަން،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން އިތުރަށް ބުނީ، އައްޑޫ ސިޓީ ކައުންސިލުން ފަސް އަހަރުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އެއްވެސް މަޝްވަރާއެއް ނެތި ސަވާހެލި ވަކިކުރުމަކީ ލާމަރުކަޒީ ގާނޫނުގެ މަގުސަދާ ޚިލާފު، އަދި އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުމަށް ހިންގާފައިވާ އަމަލެއް ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަމަށް ތިން އަހަރުވެގެން ދާއިރު އައްޑުއަށް އެދެވޭ ތަރައްގީއެއް ގެނެސްދެވިފައި ނުވާ ކަމަށް ވެސް އެ ޕާޓީން ނެރުނު ބަޔާނުގައި ތުހުމަތުކުރެއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލާޒިމްކުރާ އެންމެ މުހިއްމު ކަމަކީ ރައްޔިތުންނާ މަޝްވަރާކޮށް ތަރައްގީގެ ޕްލޭންތަކާއި ބިނާވެށި ޕްލޭންތައް އެކުލަވާލުން ކަމަށް ވާއިރު، އެފަދަ ޕްލޭންތަކަށް ބަދަލު ގެނައުމުގައި ރައްޔިތުންގެ ބަސް ހޯދަންޖެހޭނެ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ނިންމާލަމުން ބުނެފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ސ. ފޭދޫ ޓޫރިޒަމް ސަރަހައްދުގައި އޮންނަ ސަވާހެލި ތަރައްގީކުރަން ކުައްޔަށް ދޭން ބީލަން ހުޅުވާލާފައި ވަނިކޮށް އެތަން ރައީސް މުއިއްޒުއަށް ލިބިދޭ ބާރުގެ ދަށުން އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކޮށްފައިވަނީ ބުދަ ދުވަހުގައިއެވެ.

ރައީސް އޮފީހުން ބުނީ އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހެލި ވަކިކުރަން މުއިއްޒު ނިންމެވީ ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް އެ އޮފީހުން ހާމައެއް ނުކުރެއެވެ.

ކައުންސިލްތަކާ މަޝްވަރާކުރުމެއް ނެތި ސަރުކާރުން ބިންތައް އަތުލަމުންދާ ކަމަށް ބުނެ، އެކަން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފިއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ، އައްޑޫ ސިޓީ ކައުންސިލުން "ސަވާހެލި" ތަރައްގީކުރަން ބީލަމަށް ހުޅުވާލާފައި ވަނިކޮށް، އެ ރަށް އައްޑޫގެ އިހުތިސާސުން ކުއްލި ގޮތަކަށް ސަރުކާރުން ވަކިކުރުމާ ގުޅިގެންނެވެ. ```json

  • ސަވާހެލި މިހާރު ވަނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ.
  • ސަރުކާރުން ބުނެފައިވަނީ މި ބަދަލު ގެނައީ ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށެވެ.
  • އެމްޑީޕީން ދެކޭގޮތުގައި މިއީ ލާމަރުކަޒީ ގާނޫނާ ޚިލާފު އަދި އައްޑޫގެ ތަރައްގީއަށް އެޅުނު ހުރަހެކެވެ.
  • ބިންތަކުގެ އިހުތިސާސް ބަދަލުކުރުމުގައި ރައްޔިތުންނާއި ކައުންސިލްގެ މަޝްވަރާ ހޯދުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
  • ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ކަށަވަރުކުރުން.
  • ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭންތަކަށް ސަރުކާރުން ހުރަސްނޭޅުން.
  • ބިމުގެ އިހުތިސާސަށް ބަދަލުގެންނައިރު ރައްޔިތުންގެ މަޝްވަރާ ހޯދުން.
comment ކޮމެންޓް