މާލޭން 25 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދާ މީހާ: އޭނާއާ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެންގުމަށް ފުލުހުން ވަނީ އެދިފައި -- ފޮޓޯ/ ފުލުހުން

މާލެން 25 އަހަރުގެ ދިވެހި އަންހެނަކު ގެއްލިގެން ހޯދަމުން އަންނަކަން ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން ބުނީ ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކުރުމާ ގުޅިގެން ހޯދަމުން ދަނީ ގުލްޒާރުގެ / ލ.މުންޑޫ، މަރްޔަމް މާއީ ޖަމީލް (25އ) ކަމަށެވެ.

އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް އެ މުއައްސަސާއިން ވަނީ އެދިފައެވެ.

މާލެ ސަރަހައްދުގައި މީހުން ގެއްލިގެން ހޯދަން ދޭތެރެއަކުން އިއުލާންކުރެއެވެ. ނަމަވެސް، މައުލޫމާތު ހާމަކުރާތާ މާ ގިނައިރެއް ނުވެ އާންމު ގޮތެއްގައި އެ މީހުން ފެނެއެވެ.

comment ކޮމެންޓް